ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީގެ އަގު ވަޒަންކުރާނަމަ އެމްޑީއެން އުވާލާ!

ޝަހީދު ހުސައިން އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

03 ނޮވެމްބަރ 1988 ވަނަ ދުވަހަކީ ދިވެހިންގެ ހަނދާނުން ނުފިލާނެ ބިރުވެރި ހިތްދަތި އަދި ހިތާމައިގެ ކޮޅެއްވެސް ނެތްފަދަ ދުވަހެކެވެ. އާންމުކޮށް ފަތިސް ނަމާދުގެ އަޑަށް ހޭލުމަށް އާދަވެފައިވާ ދިވެހިންނަށް އެ ފަތިސް ވެގެންދިޔައީ ގިތް ނޭގޭ ބިރުވެރި ފަތިހަކަށެވެ. ބަޑީގެ އަޑުން މުޅި ޖައްވު ގުގުމާލާފައިވީ އިރު ދިވެހިންނަށް ތިބެވުނީ އިހްސާސް ކުރަންވެސް ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދިވެހި ޤައުމުގެ މިނިވަން ކަމުގެ ދިފާއުފައި އެދުވަހު ދިވެހި ސިފައިން ދެއްކެވީ ޤައުމީ ޖޯޝުން ފުރިފައިވާ ދިވެހި ވަންތަ ހިތްވަރެކެވެ. ޤައުމަށްޓަކާ އަހަރެންގެ މޭ އައްޑަނައަކަށް ދިއްކޮށްގެން ނިކުތް ދިވެހި ލޭ ހިނގާ ސިފައން އެދުވަހު ދެއްކެވި ހިތްވަރަކީ އަދު ދިވެހި ބިން މީ މަގޭ އުފަން ބިން، ލެވުނު ފުރަތަމަ ނޭވާ މަ ލީ ބިން، އެ ބިމަކަށް އެންމެ ފަހުގެ ނޭވާ، ދޫކޮށް މަލާނޭ ނޭވާ މަގޭ ބިން މިނިވަން ކަމާއެކު ކިޔާލަން ލިބުނު ސަބަބެވެ.
ސިފައިންގެ ބަނޑޭރިގޭގެ ޑިއުޓީގައި ހުންނެވި ޝަހީދު ހުސައިން އާދަމް ދިވެހި ޤައުމާއި، ވަޠަނާއި، ދިވެހިންގެ މިނިވަންކަމަށްތަކައި، މޭ އައްޑަނައަކަށް ދިއްކޮށް ދުޝްމިނުންނާ ކުރިމަތިލިއެވެ. އައިސްގެން އުޅެނީ ކޮންބައެއްކަން ނޭންގުނަސް ދުޝްމިނުންގެ ބަޑީގެ އަޑަށް ރައްދުގައި ބަޑިން ހަމަލާ ދިނެވެ. މެގަޒިން ހުސްވާން ކައިރިވުމުން ފިލަން ދުވުމުގެ ބަދަލުގައި އިތުރު މެގަޒިން ގެނެސްދިނުމަށް އެދުނެވެ. ހިތްވަރާއި ފެންވަރުގެ ޤައުމީ ޖޯޝުން ފުރިފައިވާ އެ ޒުވާނާ ޝަހީދުވެގެން ދިޔައީ މި ކުޑަކުޑަ ޤައުމުގެ މިނިވަން ކަމުގެ ދިފާއުގައެވެ. ޝަހީދު ޙުސައިން އާދަމާއި އަދި އެދުވަހު ޝަހީދުވި އިތުރު ސިފައިންގެ ބޭކަލުންގެ ހިތްވަރުން ދުޝްމިނުންގެ ނުބައި މަކަރުވެރި ރޭވުންތަކުން ދިވެހިން ސަލާމަތްވިއެވެ. އަލް ޙަމްދު ލިﷲ

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ ބެކަލުން

އެ ދުވަހު ހުސައިން އާދަމް ޝަހީދުވެގެން ދިޔައީ މި ޤައުމުގެ މިނިވަންކަމުގައެވެ. ދީނާއި ޤައުމުގެ ޙައްޤުގައެވެ. އެދުވަހު ޝަހީދުވި ސިފައިންގެ ބޭކަލުންނަކީ މި ޤައުމަށްޓަކާ މި ޤައުމުގެ ދަރިންނާއި ދަރީންގެ ދަރިންނަށްޓަކާ ޝަހީދުވި އަބްޠާލުންނެވެ. އެ އަބުޠާލުންގެ މަތިވެރި ޒިކުރާ އަބަދުމެ އަޅުގަނޑުމެން އާކުރަމުން ދާއިރުގައި އެ އަބްތާލުން ވީ ޤުރުބާނީގެ އަގު އެންމެ ފުރިހަމަ ގޮތުގައި ތާ އަބަދު އާކުރަން ޖެހެއެވެ.
އުމުރުން އެންމެ 19 އަހަރުގައި ހުސައިން އާދަމް މި ޤައުމަށްޓަކާ ޝަހީދުވެގެން ދިޔައިރު، އެ ޒުވާން ޤައުމީ ޖޯޝްވަންތަ ބަޠަލު ދެކެމުންދާނެ އެތައް ހުވަފެންތަކެއް ހުންނާނޭކަން ޔަޤީނެވެ. މި ފަސްގަނޑަށްޓަކާ އެ ފުރާނަ ދެކެމުން ދިޔަ ހުވަފެންތަކެއް ހުންނާނެ ކަން ޔަޤީނެވެ. އެ ދުވަހު ޤައުމު ހާލުގައި ޖެހުނު ވަގުތު ފަހަތު ފަޔަށް ބާރެއް ނުލާ ހިއްވަރާއި ފަންވަރުގައި ދުޝްމިނުންނަށް ރައްދު ދިނީ އެމީހުންގެ ޕްލޭންތަކަކީ ކޮބާކަންވެސް ނޭގި ހުރެކަން ޔަޤީނެވެ.
ޤައުމިއްޔަތުގެ ރުކުންތައް އާލާކުރުމުގައި ޤައުމީވަންތަ ބަތަލުންގެ އަގުހުރި ޤުރުބާނީގެ ވާހަކަ ދައްކާ ޒިކުރާއާކުރަމުން ދާއިރުގައި، އަދު އަޅުގަނޑުމެންގެ ޤައުމުގެ ހާލަތާއި މެދު ވިސްނާ ފިކުރުކޮށްލުމުން ކަންބޮޑުވާހާ ކަންކަން އެބަހުއްޓެވެ.
އެދުވަހު ހުސައިން އާދަމް މެންފަދަ ބޭކަލުން މި ޤައުމަށްޓަކާ، ޝަހީދުވެގެން ދިޔައީ ހަމަ ޔަޤީނުންވެސް މިފަދަ މަންޒަރެއް މި ޤައުމުން ނުފެންނާނެ ކަން ޔަޤީންކުރަމުންނެވެ. އަދި މި ޤައުމުގެ ޤައުމިއްޔަތަށް ބުރޫއަރާފަދަ ކަންކަން ކުރާ މީހުންނަށް އެތައް ފިލާވަޅުތަކެއް ދީފަކަން ޔަޤީންނެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހުސައިން އާދަމް

މި އަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިފަދަ އެތައް ކަމެކެވެ. އެގޮތުން ނޮވެމްބަރު 3 ގެ އުދުވާނުގެ އެއް ޣައްދާރު ހާޖަރާގޭ ލުތުފީ މިނިވަންކަމާއެކު އެތައް ދުވަހެއް ވާންދެން ލަންކާގައި ހުންނަ އެންބަސީގައި ދިރިއުޅުނު ވާހަކައެވެ. 19 ދިވެހިންގެ ލޭ މި ބިންޗަށް އޮހުރިވާލި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާފައި ހުއްޓާ ފިލައިގެން ގޮސް އެތައް ދުވަހެއް ވާން ދެން އުޅުމަށްފަހު ލަންކާގައި ހުންނަ އެމްބަސީގައި އެތައް ދުވަހަކު އުޅުމަށްފަހު ރާއްޖެ އައީ ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރިއެއް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފެންވަރުގައެވެ. އެއީ މުޅި ދިވެހި އުންމަތައްވެސް ލަދުވެތި ދުވަހެކެވެ. ނަސްރުގެ ދުވަސް ފާހަގަކުރަމުން ދާއިރު އެ ދުވަހު ލުތުފީ ރާއްޖެއަށް އައި މަންޒަރަކީ މުޅި ޤައުމިއްޔަތަށް މަލާމަތް ރައްދުވި އަމަލެކެވެ. 1988 ވަނަ އަހަރު ހަަތަރެސްފައިގައި ހިލިހިލާ ޖަހާފައި ހުރި މީހަކު އޭގެ 31 އަހަރު ފަހުން ރާއްޖެއަށް އެ ޝަރަފުވެރިކަމުގައި އައުމުން އަޅުގަނޑުމެންގެ ޤައުމިއްޔަތާއި މެދު ހިތާމަ ކުރެވެއެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ހުކުމް ކުރުމުން ފިލައިގެން އުޅުނު ލުތުފީ އެނބުރި ރާއްޖެއައި ދުވަސް

އަނެއްކާވެސް މިއަދު މިއޮތީ ޤައުމިއްޔަތަށް ބޮޑު ލޮޅުމެއް އަރާވަރުގެ މައްސަަލައެއް ކުރިމަތިވެފައެވެ. އެމްޑީއެން އޭ ކިޔުނު ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ޤައުމިއްޔަތުގެ އެއްމެ އަސާސީ ރުކުން ކަމުގައިވާ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ވާ މައްސަލައެވެ. މުޅި ދިވެހި އުންމަތް ދަނީ މިކަން ކުށްވެރިކޮށް ބަޔާން ނެރެ ޝުއޫރު ފާޅުކުރަމުންނެވެ. އެ މައެްސަލައިގެ ތަހުގީގަށް މިހާރު ވަނީ ގިނަ ކަންކަން ފާހަގަކުރެވިފައެެވެ. ﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނަށް ފުރައްސާރަވާ ފަދަ އެތައް ޖުމްލަތަކެއް ހިމެނޭ މި ރިޕޯޓާއި ގުޅިގެން ޤައުމިއްޔަތުގެ ރޫހު ހުރި ހުރިހާ ރައްޔިތުންވެސް ދަނީ އެއް ރިޕޯޓާއި ދިމާ އިދިކޮޅަށް ވާހަކަ ދައްކަމުންނެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު ޖަމިއްޔާ

ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، އެ ދުވަހު ޝަހީދު ހުސައިން އާދަމް މި ޤައުމުގެ އަދުއްވުންނަށް ދިން އިންޒާރު ހަނދާން ނައްތާލެވޭކަށެެއްް ނެތެވެ. މި ޤައުމާއި ޤައުމިއްޔަތާއި އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް މި ޤައުމުގެ ރައްޔިތުން ރައްދު ދޭނޭކަން ޢަމަލުން ދެއްކެވި ޝަހީދު ހުސައިން އާދަމް ގެ ޤައުމީ ރޫހުން އަޅުގަނޑުމެން އެންމެން ހިއްވަރު ލިބިގަންނަން ޖެހެއެވެ.

ޝަހީދުންގެ ދުވަހުގެ ރަމްޒީ ބިނާ

މިއަދަކީ އަޅުގަނޑުމެންގެ ފަހުރުވެރި ނަސްރުގެ ދުވަހެވެ. ބާޣީންނާއި ޣައްދާރުން ބަލިކުރި ފަހުރުވެރި ދުވަހެކެވެ. އަޅުގަނޑުމެންގެ ސިފައިންގެ ބޭކަލުންނަށްޓަކާ އަޅުގަނޑުމެން ފަހުރުވެރިވާ ދުވަހެކެވެ. ޝަހީދު ހުސައިން އާދަމްމެންގެ ފަހުރުވެރި ޤައުމީ ޤުރުބާނީގެ ޒިކުރާ އާކުރާ ދުވަހެވެ. ޤައުމިއްޔަތުގެ ރޫހު އާލާކޮށް ދިރުވާ މި ދުވަހުގައި އެ ޝަހީދުންނަށްޓަކައި ޚާއްސަކޮށް ޝަހީދު ހުސައިން އާދަމްގެ ޤައުމީ ހިއްވަރާއި ޤައުމީ ޖޯޝަށް ހައްޤު ނަސްރު ދިނުމުގެ ގޮތުންވެސް އެމްޑީއެން އުވާލަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: