ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލަކީ މުޅި ރާއްޖެއަށް ގެނެވޭނެ ބޮޑު ބަދަލެއް: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް. އަސްލަމް ދަނީ އެމްޑީޕީގެ ނައިބު ރައީސަކަށް ވާދަކުރައްވަމުން: ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތައް ލާމަރުކަޒީގެ ނިޒާމުގެ ތެރެއަށް އަލުން އަނބުރާ ގެނައުމަށްޓަކައި އެނިޒާމަށް ގެންނަށް ބަދަލަކީ މުޅި ރާއްޖެއަށް ގެނެވޭނެ ބޮޑު ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާ އަސްލަމްއަށް ތާއީދު ހޯދުމަށް ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ލާމަރުކަޒީކޮށް މިރާއްޖެ ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި އަދި އެމްޑީޕީގެ އެންމެ ބޮޑު އެއް މަޝްރޫއުވެސް ކަމަށެވެ.

އެގޮތުން އަސްލަމް ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ސަރުކާރަށްވެސް، އެމްޑީޕީއަށްވެސް ލާމަރުކަޒީ ނިޒާމަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީއަށް ކައުންސިލްތައް ނުލިބި ދިއުން ކަމަށެވެ.

އެހެންކަމުން މިނިޒާމަށް ބަދަލުތަކެއް އަންނައިރު އެންމެ މުހިއްމު ކަމަކީ ކައުންސިލްތަކަށް ބާރުތަކެއް ލިބިގެން ދިއުން ކަމަށްވާއިރު، ދަތިތަކުން އަރައިގަންނައިރު ކައުންސިލްތައް ދޫކޮށްނުލުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

އަދި މިހާރު ދެނުކުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ހުރީ އެއް ޝަކުވާތަކެއް ކަމަށާއި، އެގޮތުން ވަޒީފާ ހޯދުމުގެ ދަތިކަމާއި، މަޝްރޫއުތައް މަޑު ޖެހިފައި އޮތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތަނަވަސްކަން ކުޑަވެފައިވާ ކަމަށް ރައްޔިތުންނަށް މިއަދު ކުރެވޭ އިޙްސާސްތަކަށް ވަރަށް އަވަހަށް ނިމުމެއް ގެނެވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުގެ ތަރައްޤީގެ އެކްޝަން ޕްލޭން މިހާރު ނިމި، ވަކި ވަކި މަޝްރޫއުތައް އެކުލަވާލެވި 2020 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާއިރު، ބަޖެޓަށް ބަހުސް ކުރަން ފެށުމާއި އެކު މަޝްރޫއުތަކުގެ ތަފްސީލްތައް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ވަރަށް ގިނަ މަޝްރޫއުތަކެއް އައްޑޫ ސިޓީއަށްވެސް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ދަތުރުތަކުގައި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މެމްބަރު އަސްލަމްގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: