ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ހިތްވަރު ލިބިގަންނަނީ ނޮވެމްބަރު ތިނެއްގެ ބަތަލުންގެ ކިބައިން : ސީޕީ ހަމީދު

ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ސީޕީ ހަމީދު ބައިވެރިވެވަޑައިގެން.... ފޮޓޯ: ޓުވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުން ހިތްވަރު ލިބިގަންނަނީ 1998 ވަނަ އަހަރުގެ ނޮވެންބަރު 3ގައި ޝަހީދުވި ބަތަލުންގެ ކިބައިން ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ރައްޔިތުންނަށް ތަޙުނިޔާ ފޮނުވުމަށް ކުރެއްވި ޓުވީޓުގައެވެ. އެ ޓުވީޓުގައި ޝަހީދުވި ބޭފުޅުންގެ ޒިކުރާ އާކޮށް އެ ދުވަހު ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް އަބަދުވެސް މާތްﷲ ބަރަކާތްލެއްވުމަށް އެދި ދުއާކުރާ ކަމަށް ހަމީދު ވިދާޅުވިއެވެ.

https://twitter.com/M_Hameedh/status/1190863958111997952

31 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު ނޮވެންބަރު 3 ގެ އެންމެ ބޮޑު އެއް ޚާއިން ހ. ހާޖަރާގޭ ބާޢީ އަބްދުﷲ ލުތުފީ އެންބުރި ރާއްޖެގެނެސްފައިވަނީ މި ސަރުކާރުގައިކަން ފާހަގަކޮށްލެވެއެވެ. އޭނާ ޖަލު ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ 16 ޖެނުއަރީ 2010ގައި ލަންކާއަށް ފުރިގޮތަށް ވަނީ ފިލާފައެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. 

އޭގެ ފަހުން އައި އެކި ސަރުކާރުތަކުން އޭނާ މާލެ ގެނައުމަށް މަސައްކަތް ކުރި ނަމަވެސް އެކަން އޭރު ކާމިޔާބެއް ނުވިއެވެ.

އެ ހަމަލާގައި އިސްކޮށް ދެން ހަރަކާތްތެރިވި ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ ހުކުމަށް ތަންފީޒުކޮށް މިނިވަންވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: