ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރަލް ދީދީ އަކީ ނޮވެމްބަރު 3 ގެ ބަތަލެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ޖެނެރަލް ދީދީއާއި ސަލާމް ކުރައްވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެ އެއް ބަޠަލަކީ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް މިއަދު ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.

އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޝީދު މިއަދު ވަނީ ޖެނެރަލް ދީދީ ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވާ ނަސްރުގެ ތަހުނިޔާ ދަންނަވާފައެވެ.

“03 ނޮވެމްބަރ 88 ގެ ބަޠަލަކީ ކަށަވަރުން ވެސް ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ. މިއަދު ހެނދުނު ހިތަދޫ ބީޗް ވިލާ އިން ޖެނެރަލް އާއި ދިމާވެ ތަހުނިޔާ ދެންނެވުމަކީ ލިބުނު އުފަލެއް” ނަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ދީދީއަކީ 1988 ގެ ނޮވެމްބަރު ތިނެއްގައި ދިވެހިންތަކަކާއި ގުޅިގެން ތަމަޅައިން މާލެ އަރާ ދިން ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅައެވެ.

https://twitter.com/MohamedNasheed/status/1190843445679550464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1190843445679550464&ref_url=https%3A%2F%2Fwww.addulive.com%2F166891

ނޮވެމްބަރު ތިން ވަނަ ދުވަހު ތަމަޅައިން ދިން ހަމަލާގައި ސިފައިންގެއިން ވަޒަން ހުސްވަމުން ދަނިކޮށް އޭރު ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި އޮތް ކިނބިގަސްދޮށުގެއިން ތަޅުދަނޑި ސިފައިންގެއަށް ގެންގޮސްދިނީ އިބްރާހީމް ދީދީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: