ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ސަރަޙައްދުން އިރާނުގެ ބޯޓެއް އަނެއްކާވެސް ފެނިއްޖެ

މިއަުދ ފެނުނު އިރާނުގެ ބޯޓުގައި ތިބި މީހުން... ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިރާނުގެ ބޯޓެއް ފެނިގެން އެ ބޯޓުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ އދ. މަންދޫއާއި ދިމާލުން ބޭރުގެ ލަކުޑި ބޯޓެއް އިންޖީނު ހުއްޓިގެން އޮޔާދާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 08:20 ކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. މި ބޯޓުގެ މަޢުލޫމާތު ލިބުމުން ފުލުހުން އެސަރަހައްދަށް ގޮސް އެ ބޯޓަށް އަރާ ބެލިއިރު އެއީ އިރާނުގެ ބޯޓެއްކަން އެނގިފައިވާ ކަމަށެވެ.

އެ ބޯޓުގައި އިރާނުގެ 7 މީހުން ތިބި ކަމަށް ފުލުހުންބުނެއެވެ. އަދި މިޙާރު އެ ބޯޓާއި ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ ބޯޓުތައް ފެނެއެވެ. ދާދި ފަހުންވެސް ވަނީ އިރާނުގެ ބޯޓެއް 150 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: