ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލާދީނީ ޓެރެރިސްޓް އެމްޑީއެން” އޭ ވިދާޅުވުމުން ޝަހިންދާ ޑރ. އިޔާޒް ގޮވައިގެން ކޯޓައް!

އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އިސްމާއިލް އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒު..... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަކީ ލާދީނީ ޖަމިއްޔާއެއްކަމަށް ވިދާޅުވެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒު ކުރެއްވި ތުޙުމަތުތަށް ސާބިތުކޮށްދޭން ކޯޓަށް ވަޑައިގަތުމަށް ތައްޔާރުވުމަށް އެ ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލް ގޮވާލައިފިއެވެ.

ޝަހިންދާ މިފަދައިން ވިދާޅުވީ ބަޔަކު މީހުން ލާދީނީ ޓެރެރިސްޓް އެމްޑީއެންގެ ޝައިތާނީ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާތަކެއް ނަގަން އުޅުން ނަމަވެސް އެކަމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ޓުވީޓުކުރެއްވުމުންނެވެ.

ޝަހިންދާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީއެންއަކީ ލާދީނީ އަދި ޓެރަރިސްޓް އޯގަނައިޒޭޝަންއަކުން ހިންގާ ޖަމިއްޔާއެއްކަމަށް ވިދާޅުވެ ކުރެއްވި ތުޙުމަތުތައް ޝަރީޢަތުގެ ކުރިމަތީގައި ސާބިތުކޮށްދެއްވަން ތައްޔާރުތޯ އައްސަވާފައެވެ. ޝަހިންދާ އޭނާ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ.

https://twitter.com/HindhaIsmail/status/1190833137086918656

އެ ޓުވީޓުގައި ޝަހިންދާ ވަނީ ޑރ. އިޔާޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ. އިޔާޒަކީ ސުލްޙަވެރިކަމަށް ވުރެ މުޖްތަމަޢުގައި ދޭދޭ ފަރުުދުންގެ މެދުގައި ނަފްރަތުާއި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ޝަހިންދާ ވިދާޅުވިއެވެ.

ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމުގެ މަސައްކަތްތަކާބެހޭ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވައުލުމަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުގެ މަސައްކަތްތަކާބެހޭ ނެޝަނަލް އެކްޝަން ޕްލޭންގައި މަސައްކަތް ކުރަން ކަނޑައަޅާފައިވާ ދާއިރާތަކުން މަސައްކަތްތައް ކުރިއަށް ގެންދަން، އަނިޔާވެރި ކަމަށް ގޮވާލާ ހަރުކަށި ވިސްނުން ފެތުރުން ހުއްޓުވުުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އެކްޝަން ޕްލޭން އެއް ތައްޔާރުކުރުމުންދާ ކަމަށެވެ.

އެންސީޓީސީން ބުނީ މި އެކްޝަން ޕްލޭންގައި ހިމަނަންޖެހޭ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ދީފައި ވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: