ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުމުގައި 100އެއްހާ މީހުން، އަދުރޭއަށް ފެނުނީ 2000 މީހުން ގޮތުގައި

ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަންގެ ފަރާތުން ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ބަޑި ބުރާސްފަތި ރެލީގައި 2000އަށްވުރެ ގިނަ މީހުން ބައިވެރިކަމަށް ބުނެ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ބޭއްވި ރެލީގައި އެ ޕާޓީއަށް ތާއީދުކުރާ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެ ސަރަޙައްދަށް ޖަމާވެފައެވެ. ނަމަވެސް އެ ފަރާތްތަކުން ރެލީ ބެއްވުމަށް ފުރުސަތު ނުދީ ފުލުހުންވަނީ ހުރަސްއަޅާފައެވެ. ނަމަވެސް އެއްވުމުގެ ބައިވެރިން އެ ސަރަޙައްދު ދޫކޮށް ގޮސްފައިވަނީ ރެލީ އެއްކޮށް ނިމުމުންނެވެ. އަދި އެއްވުމުގެ ތެރޭގައި އެ ފަރާތްތަކުން ވަނީ ގިނަ ޝުއޫރުތަކެއް ފާޅުކޮށްފައެވެ.
އެއްވުން ނިންމާލުމަށްފަހު ޕީޕީއެމް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަހީމު ވިދާޅުވީ މިރެ ބޭއްވުނު ރެލީގައި 2000އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

” ކުއްލިގޮތަކަށް ގޮވާލީމަ، ތަން ބަދަލުވެގެން ކުއެްލިގޮތަކަށް ގޮވާލީމަ މިތަނަށް އައޭ ދެހާހެއްހާ ދިވެހި ރައްޔިތުން. ދެހާހެއްހާ ދިވެހި ރައްޔިތުން. އަދިވެސް މިތާ މަގުމަތީގައި އެބަ އުޅޭ ފަސްސަތޭކަ ހަސްތޭކައެއްހާ ދިވެހި ރައްޔިތުން”

ޢަބްދުއްރަޙީމް މިހެން ވިދާޅުވި ނަމަވެސް މިރޭގެ އެއްވުމުގައި އެ ބުނާވަރަކަށް މީހުން ބައިވެރި ނުވެއެވެ.
2018 ވަނަ އަހަރު ސްޓޭޑިއަމްގައި އޮތް ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަހީމު ވިދާޅުވީ ފަންސާހާއި ހަތަރެއް ގުނަކުރުމުން 200000 ހަމަވާ ކަމަށެވެ. އެހެން ވިދާޅުވުމުންވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޢަބްދުއްރަހީމަށް ފާޑު ކިޔާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: