ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޑި ބުރާސްފަތި އެއްވުމަށް ފުލުހުން ހުރަސް އަޅައިފި

މިރޭ ބޭއްވި އެއްވުމުގެ ތެރެއިން: ފޮޓޯ އަންއޮންލައިން މުޙައްމަދު އައުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމް އަދި ޕީއެންސީ ކޮނގްރެސްގެ ފަރާތުން “ބަޑި ބުރާސްފަތި” ނަމުގައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އަޅަިއިފއެވެ.
ޕީޕީއެމް އޮފީސް ކުރިމަތީ “ބަޑި ބުރާސްފަތި” ނަމުގައި އެއްވުން ބޭއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން އެ ޕާޓީން ކާނިވަލުގައި ބާއްވަން އުޅުނު އެއްވުމަށް އެ ތަން ނުލިބުމުން ކަމަށް ކުރިން ވަނީ ބުނެފައެވެ. އަދި ފުލުހުން ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން އެއްވުން ފެށުމާއެކު ފުލުހުންވަނީ އެ ސަރަޙައްދު ދޫކޮށް ދިއުމަށް އިންޒާރު ދެއްވާފައެވެ. އަދި އެ ސަރަހައްދުގައި އެ ވަގުތު ހިނގަމުން ދިޔައީ ޤާނޫނާއި ޚިލާފަށް ކުރިޔަށްދާ އެއްވުމެއްކަމަށް ފުލުހުން އިއުލާނުކުރެއްވިއެވެ.
ފުލުހުންގެ އެންގުމަށް އެއްބާރުލުން ނުދިނުމުން ފުލުހުން ވަނީ އެއްވެފައި ތިބި މީހުން އެ ސަރަހއްދުން ދުރަށް ގެންދިޔުމަށް ބާރުގެ ބޭނުންކޮށްފައެވެ. އަދި އެ ސަރަޙައްދުން ދިހަ މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޕީޕީއެމުން ބުނި ގޮތުގައި ކައުންސިލް ތިން މެންބަރަކާއި، މިރޭގެ އެއްވުމުގައި ބައިވެރިވި ޑީއާރްޕީގެ ރެޖިސްޓްރާ އަދި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.
އެއްވުމަށް ހުރަސް އަޅާ މައިކް ބޭނުން ކޮށްގެން މަގުމަތީގައި ވާހަކަ ދެއްކުމަށް ހުރަސް އެޅުމުން ފަހުން އެއްވުން ކުރިޔަށް ގެންދިޔައީ ވާހަކަ ދެއްކި ބޭފުޅުން ޕީޕީއެމް އޮފީސް ތެރޭގައި ތިއްބަވައިގެން އެއްވުމުގެ ބައިވެރިން މަގުގެ ެއަނެއް ފަރާތު ގައި އިށީންދެ ތިންބެގެންނެވެ.
އެއްވުމުގެ ބައިވެރިންވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށްގޮވާފައެވެ. އަދި ކޮމިޝަނަރ އޮފް މޮލިސް ހަމީދު ގެ އިތުރުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާއަށްވެސް ގޮވިއެވެ. އަދި ނަސްރގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބެނާތަކާއި، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ގިނަ ބެނާތަކެއް ގެންގުޅުނުކަން ފާހަގަކޮށްލެވެއެވެ.
މިރެގެ ރެލީގައި ވާހަކަ ދެއްކެވި ބޭފުޅުންނަށް ބަލާލާއިރު، ޕީއެންސީގެ ރައީސް ޢަބްދުއްރަހީމު ޢަބްދުﷲ އާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ދެ ޕާޓީގެ ކައުންސިލް މެންބަރުން ވަނީ ޝުއޫރުފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: