ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަށް ހާޒިރުވާން އަޒްރާ ދެކޮޅު ހަދައިފި

ޝހިންދާ އިސްމާއިލް އަދި އަޒްރާ ނަސީމް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް އަޒްރާ ނަސީމް އުޒުރު ވެރިވެއްޖެއެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލައިގާ ޝަހިންދާ އިސްމާއިލާއި އަޒްރާ ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ މިދިޔަ މަހު 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައެވެ. އަދި، އެ ދެ މީހުން ވެސް މިވަގުތު ރާއްޖެއިން ބޭރުގައި ތިބި ނަމަވެސް ޗިޓު ހަވާލުކޮށްފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލީސް މުހައްމަދު ރިޔާޒް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އަޒްރާ އުޒުރުވެރި ވެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓާކައި ކަމަށާއި ރާއްޖެއިން ރަށްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ބުނެފަވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއެވެ. އަދި ޝަހިންދާގެ ފަރާތުން އަދި ބަހެއް ލިބިފައި ނުވާކަމަށާއި އަދި ޗިޓުގައި ދީފައިވާ 14 ދުވަސް ހަމނުވާކަންވެސް މައުލޫމާތުދެއެވެ.

އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ. މި ރިޕޯޓާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޝަހިންދާ ދިނީ ހުރިހާއެންމެގެ ފާޑުކިޔުމަކަށްވެސް ރަށްދު ދެމުންނެވެ.

އެންމެ މަތިވެރި އެއް މުއުޖިޒާތް “އިސްރާ އާއި މިއުރާޒު” ގެ ދަތުރުފުޅަކީ  ޖޯކެއް ފޮތުގައި ސިފަކޮށް ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: