ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ހުރަސް އެޅިޔަސް އެއްވުން ބާއްވާނަން: އިދިކޮޅު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް ކުރިމަތީ ކުރެވުނު ސުލްހަވެރި އެއްވުމެއް - (ފޮޓޯ ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން މިރޭ އެޕާޓީގެ އޮފީސް ދޮރުމަތީގައި “ބަޑިބުރާސްފަތީ”ގެ ނަމުގައި ބާއްވަން އުޅޭ އިހުތިޖާޖަށް ފުލުހުން ހުރަސް އެޅިއަސް އެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ އެއްވުން ކުރިއަށް ގެންދިއުމަށް ނިންމުމާއި ގުޅިގެން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައި ވާ ކަމަށެވެ. އަދި އެ އެއްވުމަކީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެެވެ.

ނަމަވެސް، މީރޭގެ ސުލްހަވެރި އެެއްވުން ކުރިޔަށް ދާނެކަމަށާއި މި އެއްވުމުގައި ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމްވެސް ބައިވެރިވެ ވަޑައިގަންނަވާނެކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މީގެކުރިންވެސް ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ޕީޕީއެމްއިން ސުލްހަވެރި އިހުތިޖާޖުތައް ކޮށްފައި ވާނެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިރޭ ބާއްވަން އުޅޭ އިހުތިޖާޖު ކުއްލިއަކަށް ގާނޫނާ ހިލާފު އިހުތިޖާޖެއް ކަމަށް އެ ބުނަނީ ނަސްރުގެ ދުވަހާ ގުޅިގެން ޕީޕީއެމްއިން އެ އިހުތިޖާޖު ކުރަން ރާވާފައި އޮތުމުން ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ޕީޕީއެމް-ޕީއެންސީން އެއްވުން ބޭއްވުމަށް ކަނޑައަޅާފައިވަނީ ޕްލޭނިންގެ މިނިސްޓްރީއިން އެއްވުމެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރެވެން ނެތްކަމަށްބުނުމުންނެވެ. މިކަމަށް ފާޑު ކިޔުށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ޓުވީޓް ކުރަށްވާފައެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހާއެކު މާލޭގައި ފުލުހުންގެ ހުއްދައެއް ނެތި އެއްވުން ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: