ޖިހާދުގެ ނަމުގައި ސީރިއާއައްދާ ދިވެހިން ގިނަކަމީ މިއަދު ޤައުމުގައި އޮތް ކަންބޮޑުވުމެކެވެ. ސީރިއާއަށް ދިޔަ ދިވެހިންގެ ތެރޭގައި އެނބުރި ޤައުމަށް ނާދެވި ތާށިވެފައި ތިބި އެތައް ދިވެހިންނެއް އެބަތިއްބެވެ. އަދި އެނބުރި ޤައުމަށް އާދެވޭނެ ދުވަހެއް އިންތިޒާރުގައި ތިއްބާ މި ފަނާކުރުވަނިވި ދުނިޔެއާއި އަލްވަދާއު ކީ އެތައް ދިވެހިންނެއް އެބަ ތިއްބެވިއެވެ.
އޭގެ ތެރެއިން އެކަކަކީ އުމުރުން 27 މުންސީއެވެ. އޭނާގެ ވާހަކަ ހިއްސާކޮށްފައިވަނީ މުންސީގެ މަންމަ ރިއްފަތު އަޙުމަދު ދީދީއެވެ.
އަލްޖަޒީރާގެ 101 އީސްޓްގެ ޑޮކިއުމެންޓްރީއެއް ކަމަށްވާ މޯލްޑިވްސް: ޓްރަބަލް އިން ޕެރެޑައިޒްއަށް ދިން އަސަރު ގަދަަ އިންޓަވިއުގައި އެ މަންމަ ވަނީ ކަރުނަ އަޅާ އެތައް ޝަކުވާއެއްކޮށްފައެވެ. އަދި ހިތުގައި ހުރި އުދާސްތައް ވަނީ ބަންޑުންކޮށްލާފައެވެ.
އޭނާ ޤަބޫލުކުރާ ގޮތުގައި ދަރުފުޅު މުންސީގެ ސިކުނޑިއަށް ވާވައްދާ އެފަދަ ބޮޑު ދަތުރަކަށް ފޮނުވާލުމުގެ ފަހަތުގައި ބަޔަކު އެޅެއެވެ. ރިއްފަތު ބުުނިގޮތުގައި މި ހުރިހާ ކަމެއް ފެށުނީ މާރާމާރިއެއްގައި މުންސީ ޖަލައްގެންދެވުނު ފަހުން، ޖަލުން ދިމާވި މީހެއްގެ ސަބަބުން ކަމަށެވެ.
އޭނަގެ ފަރާތުން ކަމަށް ބެލެވެނީ، އެހާބޮޑަށް ދީނީ މަޢުލޫމާތުތަކާއި ފޮތްތަކާއި އެެއްޗެހި ބެލީ. އެ އެއްޗެހި ބަލާ މުންސީ ބުނިގޮތުންވެއްޖެއްޔާ އެއީކަންނޭގެ ފެށުނު ގޮތަކީ. ކުރިއާއި އަޅާބަލާއިރު ފަހުން ނަމާދުކޮށް ދީނަށް ވަރަށް ލޯބިކުރާކަން އިނގޭ. ގޭތެރޭގައިވެސް ހުރިހާ އެންމެނަށް ބަންގި ގޮވާގަޑީގައި ގޮވާނެ. އިސްލާމީ ޝަރީޢަތަކަށް މިތާގައި އެއްވެސް ކަމެއް ނުހިނގައޭ ބުނާނެ. ވައްކަން ކުރާ މީހަކަށްވެސް ދީނުގައި އޮންނަ ގޮތް ގޮތައް ކަންކަން ކުރާނަމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ. މީހަކު މެރީމާ މަރަށް މަރުހިފަން ޤުރުއާނުގައި އޮންނަ ގޮތަށް ކަންކުރަން ވާނެ ކަމަށް ބުނާނެ.
އޭނާ ޖަލުން މިނިވަންވިތާ މަސްދުވަސް ފަހުން މުންސީ އޭނާގެ އަނބިމީހާއާއި އެކު ބޭސްފަރުވާއަށް ކަމަށް ބުނެ އަވައްޓެރި ލަންކާއަށްފުރިއެވެ. ފުރިއިރު މުންސީގެ އުމުރަކީ 28 އަހަރެވެ. ލަންކާއަށް ފުރިފަހުން މުންސީގެ ހަބަރުނުވެ ގިނަ ދުވަސްތަކެއް ދިޔަ ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ޕޮލިހަށް ގޮސްގެން މައުލޫމާތު ސާފުކުރިން މިމީޙުން ފުރި ތަން. ފުލުހުން ބުނީ އެމީހުން ލަންކާގެ ރޫޓު ނުނަގާ ކަމަށް. ހަމަ ސީދާ ތުރުކީ ފްލައިޓުން ގަޑިން 11 ގަޑި ކޮންމެސް އެއްޗެއްގައި އިސްތަންބޫލަށްކަން ދިޔައީ އިނގުނު. އެ މައުލޫމާތު ފުލުހުންނަށް އެންގީމަ އެމީހުން ވަރަށް އުފާކުރި. ސީރިއާއަށް ގޮސްގެން ވާނުވާ ނޭންގިގެން މި ހަފްތާ ތެރޭގައި ޕޮލިހަށް މައްސަލަ ހުށަހެޅި ތިއީ ފަސްވަނަ މަންމައޭ އެމީހުން ބުނި
ދުވަސްތަކެއް ފާއިތުވި ފަހުން ދަރިފުޅުގެ ޚަބަރެއްގެ އިންތިޒާރުގައި ހުރި މަންމައަށް އައީ ފޯނުކޯލެކެވެ. އެއީ އޭނާގެ ދަރިފުޅު މުންސީގެ ކޯލެކެވެ.
އެދުވަހު އަހަރެމެންގެ އެއްބަފާ ކުދިންގެ ބައްޕަ ހުންނަ ގެއަށް ކޮންމެވެސް ކަމެއްގެ އެންމެން ދިޔައީ. އެދުވަހު މުންސީ ގުޅި. ފުރަތަމަ އަހަންނަށް ވާހަކަވެސް ނުދެއްކުނު.
އިންޓަވިއުގެ އެހިސާބުން މަންމައަށް ވާހަކަކުރިއަށް ނުގެންދެވި ރޮވެން ފެށުނެވެ. މައި ލަގޮނޑިއަށް ކެތްނުވެގެން ކުޑަ ވަގުތުކޮޅަކަށް ވާހަކަ ހުއްޓާލުމަށްފަހު އަނެއްކާވެސް ވާހަކަ ކިޔައިދޭން ފެށިއެވެ.
އޭނަވެސް ވަރަށް ރުއި. އަހަރެން ބުނިން ކީއްވެހޭ ދަރިފުޅު މަންމައާއި ވަކިން ތިތަނައް ތި ދިޔައީ. މަންމަ ބަހައްޓާފަ، މަންމަ ދޫކޮށްލާފަ ކީއްވެހޭ ތި ދިޔައީ
މުންސީ އޭނާގެ މަންމައަށް ކިޔައިދިން ގޮތުގައި އެކޮޅަށް އެމީހުން ގެންގޮސް ތަމްރީންތަކާއި ޤުރުއާނުގެ ތަޢުޙީދާއި ސުންނަތަށް އަމަލުކުރުމާއި، މިކަހަލަ ދީނީ ކަންކަން ކިޔައިދީ ތައްޔާރުކުރިއެވެ. 3 މަސްދުވަހުގެ ޓްރެއިނިން އަކަށް ދާ ވާހަކަ މުންސީ ބުނި ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ވައިބަރ އިން ވާހަކަ ދައްކަނީ. އެކި ތަންތަނަށް ބަދަލުވާ ވާހަކަ ބުނީ. އަހަރެން ހަނދާން ހުރޭ ރައްޤާގެ ވާހަކަ. އޭނަ ގުޅާފަ ބުނީ މަންމާއޭ، އަދި ތިމަންނަގެ އުމުރުގައި ތަންހުރީމައޭ މިރޭ ތިމަންނަ އެތަނުން ސަލާމަތް މިވީ.
ހިތުގައި ޖެހިގެން އެވާހަކަތައް ކިޔައިދެމުން ދިޔައިރު އެ މަންމަގެ ލޮލުން ކަރުނަ ހޯސްލާފައި ފައިބައެވެ. އޭނާގެ ދަރިފުޅު އެންމެ ގަދަޔަށް ހަނގުރާމަކުރަމުން ދިޔަ ސަރަޙައްދުގައި ހުއްޓާ ސަލާމަތްވީ ކިރިޔާކަން އެނގުމުން ކުޑަ ހިންހަމަ ޖެހުމެއް ލިބުނު ނަމަވެސް ހިތަށް ކުރި އަސަރު މާބޮޑެވެ.
މުންސީގެ ނިޔާވީ އޭނާ ފުރިތާ 8 މަސްދުވަސްފަހުންނެވެ. މުންސީ ލައްވާ އެފަދަ ބޮޑު ކަމެއް ކުރުވީ ކޮންބައެއް ކަމެއްކަން އަދިވެސް ނޭނގޭ ކަމަށް އޭނާގެ މަންމަ ބުންޏެވެ. އަދި އެމީހުން އެތަނަށް ދާން ހިތްވަރުދީ ވާގިވެރިވި މީހުންނަށް ދުވަހަކުވެސް މަޢާފު ނުކުރާނެ ކަމަށް ބުންޏެވެ.
މުންސީއެކޭ އެއްފަދައިން ޖިހާދުގެ ނަމުގައި ސީރިއާއަށް އެހެން ޒުވާނެއްގެ ވާހަކަވެސް ވަނީ ހިއްސާކޮށްފައެވެ. ދިއްދޫއަށް އުފަން އަބްދުލް ނަސީރެވެ. އޭނާ ހަނގުރާމައަށް ސީރިއާއަށް ފުރީ އުމުރުން ކިރިޔާ 23 އަހަރެވެ. ހަނގުރާމައިގެ ތެރޭގައި އޭނާ ވަނީ ނިޔާވެފައެވެ.
އޭނާގެ މައިންބަފައިން މިހާރު އޭނާ މަތިން ހަނދާންނައްތާލާފައިވާކަމަށް އަލްޖަޒީރާއަށް ދިން އިންޓަވިއުގައި ވަނީ ބުނެފަައެވެ.
“އޭނާ ދިޔަ ފަހުން މިހާރު 5 އަހަރު މިވީ. އަހަރެމެން ބޭނުންމެއް ނޫން އޭނަގެ އެއްވެސް ވާހަަކައެއް. އަހަރެމެން މިތިބީ ހަނދާންނައްތާލައިގެން. އަހަރެމެން ރުއި ރުއިމާ، އަހަރެމެން ވީ ހިތްދައްޗާ ﷲ ދަންނާނީ”
އޭނާގެ އާއިލާއިން އިތުރު އެއްވެސް ވާހަކައެއް ހިއްސާކުރަން ބޭނުން ނުވިއެވެ.
ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން ވެސް ބަޔަކު ގޮސްފައިވާއިރު ބައެއް ފަރާތްތައް މިހާރު ތިބީ ރެފިއުޖީ ކޭމްޕުތަކުގައެވެ. އަދި އެހެން ދިޔަ ބައެއް ދިވެހިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ.
ސީރިޔާގައި ގާތްގަނޑަކަށް 54 ދިވެހިން ހަނގުރާމައަށް ގޮސް އެބަތިއްބެވެ. ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ރާއްޖެއަށް ގެންނާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މީހުން އަނބުރާ ގެނެސް މުޖުތަމައު އަށް ދޫކޮށްލުމަކީ މުޅި މުޖުތަމައު އަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދާއިރު އެ މީހުން ރާއްޖެ ގެނެސް މުޖުތަމައުއަށް ދޫކޮށްލުމުގެ ބަދަލުގައި އެ މީހުން ފުރަތަމަ ރިހެބިލިޓޭޓް ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
11 Responses
މުންސީ އެއްނޫން… މުންސިފް
ދިސް
މައިން ބަފައިން ބެލުމަކީ ވެސް ޖިހާދެއް. މައިން ބަފައިން ނު ނުބަލާ ކޮންޖިހާދެއް ކުރަން ސީރިޔާ އަށް ދަނީ؟
މައިން ބަފައިން ބެލުމަކީ ވެސް ޖިހާދެއް. މައިން ބަފައިން ނު ނުބަލާ ކޮންޖިހާދެއް ކުރަން ސީރިޔާ އަށް ދަނީ؟
މައިން ބަފައިން ބެލުމަކީ ވެސް ޖިހާދެއް. މައިން ބަފައިން ނު ނުބަލާ ކޮންޖިހާދެއް ކުރަން ސީރިޔާ އަށް ދަނީ؟
މަންމަ ކައިރީގަ ހުރިއްޔާ މަރެއްނުވާނެތަ؟ ކައިރީގަ ހުރެގެން މައިންނަށް އަޅާލަނީ ކިތައް ދަރިން؟ އެއީޝަޚީދެއް ކަމަށް ވެއްޖެ ނަމަ އެކަމަށް ﷲ އާ ޖަދަލުކުރެވޭނެތަ؟ ޖިހާދުގެ ނަމުގައި ޖިހާދުނުކޮށް ތިބުން މުސްލިމުންނަށް އެއީ ވާނެ ކަމެއްތަ؟ މަންމަ އަށް ހެޔޮވިސްނުން ދެއްވާށި އަދި މަންމަގެ ދަރީގެ ފުށުން ތިއާއިލާގެ 70 މީހުން ސުވަރުގެ ވެއްދުމަށް ޝަފާއަތް ލިބޭ ކުއްޖެއްކަމުގައި މަންމަގެ ދަރި ލައްވާށި އާމީން!
އެއްވެސް ކުޖަކު ވިޔަސ ނުނި އެއްވެސް ބޭފުޅަކުވިޔަސް ތިމަގެ އަމިއްލަ މައިންބަފައިން ދުކޫކޮއް ހަގުރާމައައް ނުދަށެވެ.
ލ. ދަނބިދޫ ކުއްޖަކުވެސް ތިތަނަކައްގޮސް ނިޔާވެފަވަނީ
މުންސީ ދިޔައީ އަންހެނުން ވެސް ގޮވައިގެންތަ؟!
Bangkok ah gossa noony. America ah gossa aissa freedom of thought and freedom of religion and how to compromise to fit into society aai how to love the before thou dhaskohgen ais mithaa mujuthamau fasaad kuriyas okey. You people are bipolar
މުންސިން ގެ އަނބިމީހާ ކޮބާ؟