ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” ކޮމިޓީ ބާއްވަނީ އަންނަ ހަފްތާގައި ކޯޓުތަކުގައި އޮންނަ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށް “

މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން: ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

“ހޮޅު އަށީގައި” ދައްކާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކޮމިޓީ ބާއްވަނީ އަންނަ ހަފްތާގައި ކޯޓުތަކުގައި އޮންނަ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ޖުޑިޝަރީ ކޮމިޓީގެ ފަރާތުން ބޭއްވި ކުއްލި ބައްދަލުވުމަށް ޝިޔާމު ވަޑައިގަތީ އެ ކޮމިޓިގައި ހުންނަވާ ޕީޕީއެމްގެ ހަމައެކަނި މެންބަރު އިބްރާހިމް ރިޒާގެ ބަދަލުގައެވެ.

ޝިޔާމު ވިދާޅުވީ، ހޮޅު އަށީގައި ދައްކާ ވާހަކައަކަށް ބިނާކޮށް ހުކުރު ދުވަހުގެރޭ މަޖިލިސް ހުޅުވައިގެން ކޮމިޓީ ބާއްވަނީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީ ވެސް މިހާރު ހިނގަމުން ދަނީ އެމްޑީޕީގެ “ގޮތްޕެއްގެ” ގޮތުގަ އެވެ. ޖޭއެސްސީ ވެފައި އޮތީ ކޯޓުތަކުން ކުރަމުން އަންނަ ހުކުމްތައް މުރާޖައާ ކުރަމުން އަންނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

“އެމްޑީޕީގައި ސުޕަ މެޖޯރިޓީއެއް އޮތީތީވެ، ރާއްޖޭގެ ކޯޓުތައް ބޭނުން ގޮތަކަށް އަނބުރާ، ބޭނުންވާ ގޮތަކަށް ނުފޫޒު ފޯރުވަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ”

ޝަރީޢަތްތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށް ޝޮިިޔާމް މިގޮތަށް ވާހަކަ ދައްކަވާފައިމިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުމަށް ގާތްވެފައިވަނިކޮށްވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން އޮތީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގައެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ  ވިދާޅުވީ ކޮމިޓީ ކުރިއަށް ދަނީ މަޖިލިހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި އަލަށް ކޮމިޓީގައި ބައިވެރިވެ ވަޑައިގަންނަވާ މެންބަރެއްކަމުން ޝިޔާމަށް ކޮމިޓީ ހިނގާ ގޮތް އެނގި ވަޑައި ނުގަންފާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: