ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ރިންގް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހަވީރުގެ ވަގުތެެއްގައި ރިންގް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރިންގް ރޯޑްގެ މެރީބްރައުން ސަރަހަށްދުގައި މިއަދު ހިނގާފައިވާ އެކްސިޑެންޓުގައި 3 މީހަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ވެފައެވެ. އަނިޔާވި 36 އަހަރުގެ އަންހެންމީހާގެ ބޯ ފަޅައިގެންގޮސް ފައިގާ ރެނދު ލާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތުދެއެވެ. އަދި، 20 އަހަރުގެ ފިރިހެން މީހަގެ ދަތްދޮޅި ފަޅައިގެން ގޮސްފައި ވާކަމަށާއި 28 އަހަރުގެ ފިރިހެން މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ އިންޑަސްޓްރިއަލް އޭރިޔާއިން ނިކުމެގެން ރިންގް ރޯޑް މެރީ ބްރައުން ކައިރިން ޔޫ ޓާރންއެއް ނަގަން އުޅުން ސައިކަލެއްގެ ފަހަތުން އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންވެސް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ހޯދަމުންނެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުށްވި 2 މީހުން އަތުގައިވެސް ލައިސަންސް އެބަ އޮތެވެ. މި މައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: