ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ބޮޑު ކްލަބެއްގެ ޖޯޒީގައި

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ބޮޑު ކްލަބެއްގެ ޖޯޒީގައި ޖަހަން ނިންމާ އެކަން ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާނުކޮށްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ހޯދައިދިނުމަށްޓަކާ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިނިސްޓްރީގެ އަމާޒަކީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓް ހައުސްގެ ދާއިރާވެސް ކުރިއެރުވުމެވެ. 2018 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލް ކުރި ކާމިޔާބީތައް ފާހަގަކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޕީކް ސީޒަންގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ބާރުބޮޑުވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރިޔަށް އޮތް ދެ މަސްތެރޭގައިވެސް ރާއްޖޭގެ އޮކިއުޕެންސީ މަތިވާނެ ކަމަށް ލަފާކޮށްފައެވެ.

މި ހަފްތާގައި ލަންޑަންގައި ފަށާ ޑަބްލިއުޓީއެމަށް ފުރުމުގެ ކުރިން މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އިޝްތިހާރު ޖަހަނީ ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ ޖޯޒީ އާއި ސްޓޭޑިއަމް އަދި އެ ޓީމުގެ ޕްރެކްޓިސް ކިޓުގައި ކަމަށެވެ. އިސްތިހާރުގައި ބޭނުން ކުރާނީ “ވިޒިޓް މޯލްޑިވްސް” ލޯގޯ އެވެ. މި ޕެކޭޖަށް އަހަރަކު 900،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕެކޭޖުގެ ދަށުން ތިން އަހަރުގެ ޖުމްލަ އަގަކީ 2.7 މިލިއަން ޑޮލަރުއެވެ. ލަލީގާގެ 18 ވަނައާއެކު ރެލިގޭޝަން ޒޯނުގައި އޮތް ސެލްޓަވީގޯއާއެކު އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު ބާއްވާ ބައިނަލްއަގުވާމީ ނިއުސް ކޮންފަރެންސެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، ޓެކްހާއެކު ހިމެނޭ މި ޕެކޭޖަކީ ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖެ އިޝްތިހާރު ކުރަން ދިޔަ އެހެން ހަރުފަތެއް ކަމަށެވެ. މި އިޝްތިހާރުތައް ތިން އަހަރު ދުވަހަށް ކުރިއަށްގެންދާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބާސެލޯނާ އާ ދެކޮޅަށް ސެލްޓަވީގޯ އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗުގައި ސެލްޓަ ވީގޯ ނިކުންނާނީ ރާއްޖޭގެ އިޝްތިހާރު ޖަހާފައިވާ ޖޯޒީގަ އެވެ.

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، އެއީ އެކި ފިޔަވައްސަށް ބަހާލައިގެން ކުރިޔަށްގެންދާނެ ހަރަކާތްތަކެއްކަމަށެވެ. ޔޫރަަޕްގެ ބޮޑެތި ކްލަބްތަކަށް އަމާޒުކޮށް ފަށާފައިވާ ކެމްޕެއިން ހަރަކާތާއި ގުޅޭގޮތުން މިނިސްޓާރ މީގެ ކުރިންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ރައްޖެއަށް މަޝްހޫރު އެއް ކްލަބެއް ގެނައުމަށް މަސައްކަތް ކުރާނެކަން މިނިސްޓާރ ވިދާޅުވުމުން ދާދިފަހުން ރާއްޖެއަށް އައި ރެއާލް މެޑްރިޑަށް ކުޅެފައިވާ ސްޕޭންގެ މަޝްހޫރު ކުޅުންތެރިޔާ ސަލްގާޑޯވަނީ އެނާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް ބުނެފައެވެ. ޔޫރަޕުގެ ޓީމުތަކުގައި ރާއްޖޭގެ އިޝްތިހާރު ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ފަތުރުވެރިކަން ކުރިއެރުވުމުގައި އެކަށީގެންވާ ބައެއް ވަސީލަތްތައް ނެތްކަމަށް ވެސް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، އެއީ އެކި ފިޔަވައްސަށް ބަހާލައިގެން ކުރިޔަށްގެންދާނެ ހަރަކާތްތަކެއްކަމަށެވެ. ޔޫރަަޕްގެ ބޮޑެތި ކްލަބްތަކަށް އަމާޒުކޮށް ފަށާފައިވާ ކެމްޕެއިން ހަރަކާތާއި ގުޅޭގޮތުން މިނިސްޓާރ މީގެ ކުރިންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: