ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފިންލޭންޑަށް ނޮން ރެޒިޑޭންޝިއަލް އެންބެސެޑަރެއް

ފިންލޭންޑްގައި މިއަދު ބޭއްވުނު ސަފީރުކަމުފެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު - (ފޮޓޯ: ފޮރިން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖއިން ފިންލޭންޑަށް ކަނޑައަޅާ ނޮން ރެޒިޑޭންޝިއަލް އެންބެސެޑަރގެ މަގާމަށް ހަސަން ލަތީފް އައްޔަން ކުރައްވައިފިއެވެ.

ފިންލޭންޑްގެ ވެރިރަށް ހެލްސިންކީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޙަސަން ލަޠީފު ވަނީ ފިންލޭޑްގެ ރައީސް ސައުލީ ނިނިސްޓޯއަށް ނޮން ރެސިޑެންޝަލް ސަފީރު ކަމުގެ ފަތްކޮޅުވަނީ އަރުވާފައެވެ. މި ރަސްމިއަޔާތަށް ފަހު، ރާއްޖެ އާއި ފިންލޭޑްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ކްލައިމެޓް ޗޭންޖްއާއި ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި މެދު ވަނީ މަޝްވަރާ ކުރެވިފައެވެ.

މި ރަސްމިއްޔާތުގައި ޖާމަނީގައި ހުންނަ ދިވެހި އެންބަސީގެ ސެކަންޑް ސެކްރެޓަރީ ހުސެން ޖަހާޒްވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ހަސަން ލަތީފް މިހާރުވެސް ހުންނެވީ ރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ގޮތުގައެވެ.

މިދިޔަ ހަފްތާ ތެރޭގައި ދިވެހިރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު މުހައްމަދު ޚަލީލުވެސް ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސައޫދްއަށް ވަނީ އަރުވައިފިއެވެ. އެމްބެސެޑަރ ޚަލީލަކީ އޯއައިސީއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކުރަށްވާފައެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމަށްފަހު ، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމު އަދާކުރެއްވީވެސް ލަޠީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: