ކުއްލި ޚަބަރު

ފުރަތަމަ ހަމަސްދުވަހު ވަގަށް ނެގި ސައިކަލުތަކުގެ އަގު 21 މިލިއަނަށް

ވެލާނާ ބިލްޑިންގ ޕާކިންގ ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް.... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މިއަހަރު ފުރަތަމަ 6 މަސް ދުވަހު ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގު 21 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ވައްކަމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމަޢުގައި އަބަދުވެސް ހިނގަމުން އަންނަ ކަމަށް ވާއިރު ފުލުހުން ބުނީ ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު 401 ސައިކަލު ގެއްލިގެން ފުލުހުންނައް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 264 ސައިކަލު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ސައިކަލުތަކުގެ ޖުމްލަ އަގު 21،796،400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ތަފާސް ހިސާބު....

މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމެވެ.

އެގޮތުން ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށާއި އަދި ޝަޓަރ ލޮކް ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް ތަޅުދަނޑިއަށް ރައްކާތެރިވުމަށާއި ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކޮށްލުމަށް ވަނީ ހަނދުމަކޮށްދީފައެވެ. މީގެއިތުރުން ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީވެސް މިއަދު ސަމާލުކަން ދިނުން މުހިންމު ކަމެކެވެ.

 

ފުލުހުންގެ ހިންގި ސާވޭގައި %90 މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތް!

ސައިކަލު ވަގަށް ނަގައިގެން ފުލުހުންނައް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސާވޭއަކުން ދައްކާގޮތުން %38 މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލެވެ. އަދި %90 މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަން އެ ސާވޭއިން ވަނީ ފާހަގަކުރެވިފައިވެއެވެ.

މީގެ އިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓަރލޮކް ކުރޭތޯ ބެލިބެލުމުން %35 މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަން ފާހަގަ ކުރެވުނެ ކަމަށް ފުލުހުން ބުނެއެވެ. ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަންވެސް އެ ސާވޭއިން ފާހަގކުރެވިފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށް ސަމާލުކަން ދިނުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުންވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: