ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް 39.6 ބިލިއަންގެ ބަޖެޓެއް؟

މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރަށް ލާފަކޮށްފައިވާ ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮނުވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންނަ ހަފުތާގައި މަޖިލީހުގައި ބަޖެޓުގެ ހުލާސާ ބަޔާން އިއްވަވާނެ އެވެ.

ފިނޭސް މިނިސްޓްރީން ބުނެފައިވަނީ 2020 ގެ ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް، 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން ވަހާމަވެެއެވެ.

އެހެން ނަމަވެސް، ފިނޭންސް މިނިސްޓްރީއިން ބަޖެޓާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް މިހާތަނަށް ދީފައިނުވެއެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2020 އާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭއިރު، އަދި އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާގެ “ފިސްކަލް ސްޕޭސް” ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ތައްޔާރުވާއިރު، މި އަހަރަށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މީގެ އިތުރުން އާ ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށް ބޮޑުބައި ބޭނުންކޮށްފަ އެވެ.

އަންނަ އަހަރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 30.73 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި މިއަހަރުގެ އަހަރީ ބަޖެޓަކީ 30 ބިލިއަނެވެ. އަދި އޭގެ އިތުރުން މި ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދާދި ފަހުން ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: