ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ޔޫތު މިނިސްޓްރީއަށް ފުލުހުން އަންގައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް ކޮމިއުނިޓީއަށް އަންގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތަހުނީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަކަމަށް ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

“ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލހުނަނަށް ހުށަހެޅުމުން ފުލުހުން ވަނީ ދީނީ ޢިލްމުވެރިންގެ އެހީގައި އެ ރިޕޯޓާއި ގުޅޭ އެސެސްމެެންޓެއް ހަދާފައެވެ. އެ އެސެސްމެންޓަށްފަހު ފުލުހުން މިވަނީ އެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަން ހާމަކޮށްފައެވެ. 

އެމްޑީއެންގެ ރިޕޯޓައި ގުޅީގެން ދީނީ ޢިލްމުވެރިންނާއި، ކައުންސިލްތަކުން ވަނީ އެ ރިޕޯޓު ނެރުނު ޖަމިއްޔާއާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި އެމްޑީއެން ބޭންކުރުމަށް ވަނީ ގޮވާލާފައެވެ.120 ކައުންސިލަށްވުރެ ގިނަ ކައުންސިލުން މިކަމަށް ބަޔާން ނެރެފައިވާއިރު ގިނަ ރަށްތަކުގައި ވެސް ވަނީ އެމްޑީއެންއާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުވަނީ މި ޤައުމުގައި އިސްލާޟް ދީނަށާއި، ރަސޫލާއަށް ފުރައްސާރަކުރުމުގެ ފުރުސަތު ނުދެއްވާނެ ކަން އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: