ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު އާދަމް މުހައްމަދަށް ފަހު ފުރުސަތު ދީފި

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލް ބެލުމަށް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްޗައް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރުމަށް ވަކީލަކު ހަމަ ޖެއްސުމަށް ފަހު ފުރުސަތު ދީ އަންނަ ހަފްތާގެ ހޯމަ ދުވަހު އިތުރު އަޑުއެހުމަށް ބޭއްވުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން ޖޭއެސްސީއިން ނިންމައިފިއެވެ.

ފަނޑިޔާރު އާދަމަ މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވަނީ ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި އޭޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު އާއި ހިސާން ހުސައިންގެ އިތުރުން އަބްދުލް މާނިއު ހުސައިން އަދި ޑރ. އަލީ ޝަމީމް އެވެ.

ބުދަ ދުވަހު ބޭއްވި އެ ކޮމެޓީއަށް ފަނޑިޔާރު އާދަމް މުހައްމަދު ވަޑައިގަތީ ދެ ވަކީލުންގެ ހާޒިރުގަ އެވެ. އެއީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހްމަދު މާޖިދު އެވެ.

އެހެން ނަމަވެސް އެ ކޮމެޓީން ވަނީ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ޑރ، ޖަމީލް ހަމަ ނުޖެއްސާނެ ކަމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަތުމުގައި އާއި އެ މައްސަލާގެ ބެންޗުގައި ފަނޑިޔާރު އާދަމް ހިމެނިވެވަޑައިގަންނަވާ ކަމަށެވެ.

އެހެން ކަމުން ޑރ. ޖަމީލަކީ ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާ މައްސަލައެއްގެ އެއް ހަސްމުކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮމިޓީއިން ވަނީ ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިނުގަތުމަށް ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގައި ޖަމީލުގެ މައްސަލަ އޮތްވައި ޖަމީލާ އަމިއްލަ ބޭނުމެއްގައި މުއާމަލާތްކޮށް ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި މަސްލަހަތު ގަސްދުގައި ފުށުއަރުވާލުމަށްފަހު އަމިއްލަ މަންފާއެއް ހާސިލްކުރުމަށްޓަކައި ފަނޑިޔާރު ކަމުގެ ޒިންމާ އަދާކުރުމުން ތަނާޒަލްވުމަކީ ފަނޑިޔާރުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބަޔާނުގައި ބުންޏެވެ.

ޑރ. ޖަމީލް ފަނޑިޔާރު އާދަމް މުހައްމަދު ގެ ވަކީލުގެ ގޮތުގައި ބަލައި ނުގަންނަން ނިންމާ، އެ މައްސަލަ ތަހުގީގު ކުރުން ބުދަ ދުވަހު ނިންމާލީ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލު ކުރުމަށްފަހު އެވެ. އެހެން ނަމަވެސް، ފަނޑިޔާރު އާދަމް މުހައްމަދު އާޑުއެހުމަށް ވަޑައިގަތީ ވަކީލަކާއި ނުލައެވެ.
އޭނާގެ ދެވަނަ ވަކީލު އަހްމަދު މާޖިދު ވަޑައިނުގަތީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށް ބެންޗުން ސުވާލު ކުރުމުން ފަނޑިޔާރު ވިދާޅުވިއެވެ.

މައްސަލަ ކުރިޔަށް ގެންދިއުމަށް ބޭނުނުން ވަނީ ވަކީލާއިއު ތޯ އާއި އެއް ބައްދަލުވުމަށް ވަކީލަކު ވަޑައި ނުގަތީ ކީއްވެގެންތޯ ކޮމިޓީން ސުވާލު ކުރިއެވެ. ޖަވާބުގައި ފަނޑިޔަރު އާދަމް މުހައްމަދު ވިދާޅުވީ އޭނާ ކަންތައް ސާފުކޮށް ދިނުމަށް ފުރުސަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކަށް، ވަކީލަކު ހޯދުމަކީ އުނދަގޫވީ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ބުދަ ދުވަހުގެ އަޑުއެހުމަށް އޭނާގެ ފަރާތުން ޑރ. ޖަމީލު ހަމަޖެއްސުމުން ހިނގައިދިޔަ ކަންކަމާ ގުޅިގެން އޭނާގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ. އަދި ފަނޑިޔާރުގެ ފަރާތުން ވަކީލަކަށް ޑރ. ޖަމީލް ހަމަ ނުޖެއްސެންވީ ސަބަބެއް ނެތްކަން ފާހަގަކޮށް އާދަމް މުހައްމަދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ހިނގާ ޑރ. ޖަމީލްއާ ގުޅުން ހުރި ހުރިހާ މައްސަލައަކުން ތަނާޒުލްވާ ކަމަށް އެދި އޭނާ ވަނީ ސުޕްރީމް ކޯޓަށް ސިޓީ އަކުން އެދިފައި ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސަ ވަކާލާތުގެ އަގުދަކީ އެއީ މުވައްކިލާ އާއި ވަކީލުގެ ދެމެދު އޮންނަ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ބިނާވަނީ ވަކީލަށް އެއީ މުވައްކިލުގެ ހައްގު ހިމާޔަތް ކުރުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް ގަބޫލު ކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށް ކަމަށެވެ.

އެހެން ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ޑރ. ޖަމީލް އައްޔަނު ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް އެ ކޮމެޓީން ނިންމައި އިތުރު ވަކީލަކު ހަމަ ޖެއްސުމަށް ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ 10:30 ގައި އޮންނަ އަޑުއެހުމަށް ވަކީލަކާއި އެކު ވަޑައިގަތުމަށް ކޮމެޓީން ވަނީ ފަނޑިޔާރަށް ދަންނަވާފަ އެވެ.

އެހެންވެ އެ މައްސަލަ ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ވަނީ ނިންމާފަ އެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ވަކީލުގެ މަސްލަހަތާއި މުވައްކިލްގެ މަސްލަހަތާ ފުށުއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިގެންދާފަދަ އެއްވެސް ކަމެއް ވެސް ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މައްސަލައާއި ގުޅޭގޮތުން ޖޭއެސްސީގެ ޖުޑިޝަރީ ކޮމެޓީން ބުނީ ވަކީލެއްގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ފަދަ ކަމެއް ކޮށްގެން ނުވާނެކަމަށް ގާނޫނުގައި ބުނާއިރު ޑރ. ޖަމީލު ހަސްމެއްގެ ގޮތުގައި ހިމެނޭ މައްސަލައެއްގެ ފަނޑިޔާރަކާ މުއާމަލާތްކޮށް، އޭނާގެ ވަކީލުކަން ގަބޫލު ކުރުމަކީ ގާނޫނުގައި ބުނާ އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ ބާ ކައުންސިލަށް ޖަމީލްގެ މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: