ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީ ފައިސާގައި ރައީސް ސޯލިހު ޖެހުނުކަމަށް ގަބޫލުކުރަން، މަޖިލީހުން މައްސަލަ ބަލާ: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވަނީ ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއިކަންވެސް ކުރައްވާފަ. ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ރަށްތައް ނުހަމަ ގޮތުގައި ވިއްކައިގެން ލިބުނު ފައިސާގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރ، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖެހިވަޑައިގެންނެވިކަމަށް ގަބޫލުކުރެއްވޭތީ، އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއެއް ނަންގަވައިގެން ބެއްލެވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވާ ޖާބިރު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައިވަނީ އެމްއެމްޕީއާރުސީގެ ތަހްގީގު ކުރިއަށް ދަނީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒުގެ ތެރެއިންކަމަށާއި، ދާދި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ވަޒީރުން ކެބިނެޓްގައި އެބަތިބިކަމަށާއި، ފައިސާ ލިބުނު ފުލުސް އޮފިސަރުން ފުލުހުންގެ މުއައްސަސާގައި ތިބެގެން، އެފަދަ މާހައުލެއްގައި މިނިވަން ތަހްގީގެއް ކުރިއަށް ނުގެންދެވޭނެކަމަށެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގެ އިތުރު ތަފްސީލް ހޯއްދެއްވުމަށް ސަންގުން ގުޅާލުމުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފައިސާ ހޯދުމުގެ ވާހަކައަކީ ސިޔާސީ ފަރާތްތަކުން ތާއީދު ހޯދުމަށް ކިޔުއްވާ އަންބާއަކަށް ވެގެން ނުވާނެކަމަށާއި، އިހްލާސްތެރި ތަހްގީގެއް ހިންގަވައިފިނަމަ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގައި ރައީސް ސޯލިހު ހުންނަވައިގެން ރާއްޖޭގެ ގާނޫނު އަސާސީއަށް ގެނެވުނުު ބަދަލުތަކުން، އެ ހިޔާނާތުން ރައީސް ސޯލިހު ނެއްޓިގެން ނުދާނެކަމަށެވެ.

ރައީސް ސޯލިހުގެ ލީޑަރޝިޕްގެ ދަށުން ކިތައް އެމްޑީޕީ ޕީޖީ ގްރޫޕުން ކިތައް އިސްލާހްތޯ ގާނޫން އަސާސީއަށް ގެނައީ، އެމްޑީޕީގެ ސިދާ ރޫހާއި އަސާސާއި ހިލާފަށް. ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ދަށްކޮށް މަތިކޮށް ހެދިއިރު ހިނގި މުއާމަލާތްތައް ބެލެން ޖެހޭނެ. ބިން ވިއްކަން އެމްޑީޕީ ރުހުނީ ކިހިނެއް ކާކުގެ އިރުޝާދަށް ކޮން ކަމެއް ހަމަޖެހިގެންތޯ ބަލަން ޖެހޭނެ. އަދީބު ނައިބް ރައީސްކަމަށް ގެންނަން ވޯޓް ދިނީ ރައީސް ސޯލިހަށް ކޯއްޗެއް ލިބިގެންތޯ ބަލަންވީ. ލިސްޓުގައި ހިމެނޭނީ 270 މީހުންނެއް ނޫން، ސަރުކާރުން އަދީބާއި ޑީލު ހަދައިގެން އެންމެންގެ ނަންތައް ނުކިޔާ ވަކި ބަޔަކު މިކަމުގައި ބެދިގެން ނުވާނެ. ރައީސް ސޯލިހު ނެއްޓިގެނެއް ނުދާނެ. އެހެންވެގެން މަޖިލިސްއިން މި ތަހްގީގް ކުރިއަށް ގެންދަން ޖެހެނީ: ޖާބިރު

މެމްބަރު ޖާބިރު ވިދާޅުވީ މަޖިލީހުން ނަގާ ކޮމިޓީއަށް އެންމެ ފުރަތަމަ ހާޒިރުކުރެވެން ޖެހޭނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ކަމަށާއި، ހިޔާނާތުގެ ފައިސާ ބެހިގެން ދިޔަ ގޮތް އެއްވެސް ހިފެހެއްޓުމެއްނެތި ވިދާޅުވާން ޖެހޭނީ މަޖިލީހުގެ ހާއްސަ ކޮމިޓީގައިކަމަށެވެ.

މިކަމުގައި މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރުންގެ އެއްބާރުލުން ލިބޭނެކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މި ތަހްގީގު މަޖިލިސްއިން ކޮށް ނިންމާއިރު ވަކި ބަޔަކަށް ޑީލްތައް ދީ ރެކުމުގެ ފުރުސަތު ނޯންނާނެކަމަށާއި، މިއީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

https://twitter.com/drpmaldives/status/1189815940222877698

އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: