ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވަނީ ސަރުކާރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށް!

ސަރުކާރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް: ރައީސް ނަޝީދު --ފޮޓޯ : މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި ވިޔަފާރިތަކަށް ފައިދާ ނުހޯދޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ރަށްތަކުގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން ގއ. ވިލިނގިލީގައި ބާއްވާ މަހާސިންތާ ފައްޓަވައިދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ ފައިދާ ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން ފައިސާ ހޯދަމުން ދަނީ “މުސާރަ ދިނުމުގެ” ބޭނުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝިދު ވިދާޅުވީ ސަރުކާރުތަކުން ވިޔަފާރިތަކަށް ވަނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެެވެ.

ވިޔަފަރިއެއްގެ އެންމެ ބޮޑު އަސާސަކީ ވިޔަފާރިއަކުން ހޯދާ ފައިދާ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ މުސާރައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި، ޗެއާޕާސަންއެއް ވެސް ހުންނަނީ މުސާރައަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ފައިދާ ހޯދުމަށް ކުރާ މަސައްކަތް އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާއި ތަފާތުވާނެ ކަން ރައީސް ނަޝީދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އަމިއްލަ ކައުންސިލުން ވިޔަފާރި ކުރުމުގެ ބަދަލުގައި ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލަންޖެހޭނެ ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމަށް ވެސް އެ ހިދުމަތް ދޭ ފެންވަރުގައި ވިޔަފާރިއަށް ހުޅުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް އިދާރީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝިދު ވިދާޅުވީ އެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރަށްްރަށުގައިވާ ހުރިހާ ވަސީލަތެއް އެ ރަށްތަކުގެ ކައުންސިލްތަކުގެ މިލްކިއްޔާތުގެ ދަށަށް ދާނެ ކަމަށެވެ. އޭގެ އިތުރުން އެ ވަސީލަތްތައް ބޭނުން ކުރާނެ ގޮތާއި ބޭނުން ކުރާނެ ބަޔަކުވެސް ކަނޑައެޅޭނީ ކައުންސިލްތަކުގެ މަޝްވަރާ ވެސް ލިބިގެން ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށެއްގައި ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ދަރަޖައިގައި މަސްއޫލިއްޔަތު އޮތީ ކައުންސިލްތަކުގައި ކަމުގައި ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ މާލީ ބާރާއި އިދާރީ ހިންގުމުގެ މިނިވަން ކަން ވެސް ލިބިގެންދާނެ ކަމަށާއި މައި ސަރުކާރަށް ވެސް އަދި ކައުންސިލްތަކަށް ވެސް މިއިން ރަށެއްގައި ކަމެއް ކުރެވޭނީ ދެބައި މީހުން ވެސް އެ ކަމަކަށް އެއްބަސްވެގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: