ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބުރާސްފައތި ދުވަހުގެ ބިންހެލުމާއި ގުޅިިގެން ގެއްލުން ލިބިފައިވާ ހޮޓަލެއް - ( ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގެ ދެކުނުގެ ހިސާބެއްކަމަށްވާ މިންޑަނާއޮއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޕިލިޕީންސް ގެ ދެކުނުގައި ހުންނަ ސިޓީއެއްކަމަށްވާ ޑާވައޮ ސިޓީއަށް މިއަދު ބިންހެލުން އައިސްފައިވަނީ ހުޅަނގު ދެކުނަށް 25 މޭލު ބޭރުން، 6.5 ބާރުމިނުގައެވެ.

ޑާވައޮ ސިޓީ އަކީ 1.6 މިލިއަން މީހުން ދިރިއުޅޭ ހިސާބެކެވެ. މި ހިސާބުގަނޑަށް މި އަންގާރަ ދުވަހުވެސް ވަނީ 6.6 ބާރުުމިނުގެ ބިންހެލުމެއް އައިސް 8 މީހުން މަރުވެފައެވެ. ނަމަވެސް، މިއަދުގެ ބިންހެލުމުގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

އަންގާރަ ދުވަހުގެ ބިންހެލުމާއި ގުޅިގެން މިންޑަނާއޮގައި ހުންނަ ސްކޫލްތަކަށާއި އެތައްބައިވަރު އިމާރާތްތަކަކަށް ވަނީ ގެއްލުންވެފައެވެ. މި ހިސާބުގައި ސްކޫލުތަކުން އަންގާރަދުވަހުން ފެށިގެން ވަނީ ކިޔެވުން މަޑުޖައްސާލައިފައެވެ.

މިއަދުގެ ބިންހެލުމާއި ގުޅިގެން 60 ވިލެޖްެއެއްގައި ދިރިއުޅޭ 12،700 މީހުންނަށް ވުރެ ގިނަ މީހުން ވަނީ އިވެކުއޭޝަން ސެންޓަރ ތަކަށް ގޮސްފައެވެ. އަންގާރަ ދުވަހުގެ ހާދިސާއާ ގުޅިގެން މިންޑަނާއޮގާ ދިރިއުޅޭ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މިއަދުގެ ބިންހެލުުމާއި ގުޅިގެން މި ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ބިންހެލުމާއި ގުޅިގެން މިންޑަނާއޮގެ ބޮޑު ހިސާބަކުން ކަރަންޓުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ.

މިހާދިސާ ހިނގާފައިވަނީ ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުއާޓެ ޑާވައޮ ސިޓީއަށް ދަތުރުފުޅެއް ގައި އުޅުއްވަނިކޮށެވެ. ރައީސް ޑުޓާޓޭ އަކީ ކުރިން ޑާވައޮ ސިޓީގެ މޭޔަރެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: