ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންއަށް ފިޔަވަޅު ނޭޅުމުން މިޒާތުގެ ލާދީނީ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު: ޑރ. ޖަމީލް

އެމްޑީއެން އަށް ފިޔަވަޅު އެޅުން ލަސްވުމުން މި ޒާތުގެ ލާދީނީ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާކް (އެމްޑީއެން) އަށް ފިޔަވަޅު އެޅުން ލަސްވުމުން މި ޒާތުގެ ލާދީނީ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީއެން މައްސަލާގައި ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލް ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އެ އަމަލުކުރި ފަރާތްތަކަށް ހިތްވަރު ލިބިގެން ހިނގައްޖެ ކަމަށެވެ. ފިޔަވަޅު ނޭޅެންވީ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މިއީ ގައުމިއްޔަތަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ދީނީ އިލްމުވެރިންގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި އާއްމުން ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި 120 އަށް ވުރެ ގިނަ ކައުންސިލްތަކުންވެސް ވަނީ އެމްޑީއެން އުވާލުމަށް ސަރުކާރަށް ގޮވާލައި ބަޔާންތައް ނެރެފަ އެވެ.

ނަމަވެސް، އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެ، އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑު ކުރުން ފިޔަވައި އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އެ ރިޕޯޓާ ދެކޮޅަށް އިސްވެ އަޑުއުފުލާ މީހުނާ ދެކޮޅަށް ގައުމީ ސަލާމަތް ރައްކާތެރިކުރަންކަމަށްބުނެ ސަރުކާރުން ދަނީ އިންޒާރުތައް ދެމުންނެވެ.

މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު މިހާރު، އިދިކޮޅާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށެވެ. ޑރ. ޖަމީލު ވަނީ، ދީނަށް ފުރައްސާރަ ކުރާ މީހުންނާއި މެދު ފިޔަވަޅު ނާޅާ، ދީން ދިފާއު ކުރުމަށް ނިކުންނަ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައި ވާތީ އެކަން ކުށްވެރި ކުރައްވާފައެވެ.

އެމްޑީއެން މައްސަލައިގައި ޖަމީލްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށެވެ. އެގޮތުން ޖަމީލް ވިދާޅުވީ އެމްޑީއެން ދިފާއުކުރުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްދުފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

“ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: