ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލްގެ މައްސަލައެއް “ބާ ކައުންސިލަށް”: ޖަމީލް ވިދާޅުވީ ފަސޭހައަކަށް ކޮމިޓީގެ ދަށަށް ކައުންސިލް ބަދަލު ކުރުމަށް!

ޖަމީލްގެ މައްސަލައެއް ބާ ކައުންސިލްއަށް: ޖަމީލް ވިދާޅުވީ ފަސޭހައަކަށް ކޮމިޓީގެ ދަށަށް ކައުންސިލް ބަދަލު ކުރުމަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލުކަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގަބޫލުކުރެއްވި މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީއަކުން ނިންމެވި ނިންމެވުމަށް އޭނާ ފާޑުކިޔުން އަމާޒުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ޖޭއެސްސީގެ ކޮމެޓީއިން ނިންމާފައިވަނީ ބުދަ ދުވަހުއެވެ. ޖޭއެސްސީއިން ޖަމީލާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކި ކުރި ގޮތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަތުމުގައި އާއި އެ މައްސަލާގެ ބެންޗުގައި ފަނޑިޔާރު އާދަމް ހިމެނިވެވަޑައިގަންނަވާ ކަމަށެވެ.

އެހެން ކަމުން ޑރ. ޖަމީލަކީ ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާ މައްސަލައެއްގެ އެއް ހަސްމުކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮމިޓީއިން ވަނީ ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސުޕްރީމް ކޯޓުގައި ޖަމީލުގެ މައްސަލަ އޮތްވައި ޖަމީލާ އަމިއްލަ ބޭނުމެއްގައި މުއާމަލާތްކޮށް ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި މަސްލަހަތު ގަސްދުގައި ފުށުއަރުވާލުމަށްފަހު އަމިއްލަ މަންފާއެއް ހާސިލްކުރުމަށްޓަކައި ފަނޑިޔާރު ކަމުގެ ޒިންމާ އަދާކުރުމުން ތަނާޒަލްވުމަކީ ފަނޑިޔާރުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންވެ އެ މައްސަލަ ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ވަނީ ނިންމާފަ އެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ވަކީލުގެ މަސްލަހަތާއި މުވައްކިލްގެ މަސްލަހަތާ ފުށުއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިގެންދާފަދަ އެއްވެސް ކަމެއް ވެސް ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މައްސަލައާއި ގުޅޭގޮތުން ޖޭއެސްސީގެ ޖުޑިޝަރީ ކޮމެޓީން ބުނީ ވަކީލެއްގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ފަދަ ކަމެއް ކޮށްގެން ނުވާނެކަމަށް ގާނޫނުގައި ބުނާއިރު ޑރ. ޖަމީލު ހަސްމެއްގެ ގޮތުގައި ހިމެނޭ މައްސަލައެއްގެ ފަނޑިޔާރަކާ މުއާމަލާތްކޮށް، އޭނާގެ ވަކީލުކަން ގަބޫލު ކުރުމަކީ ގާނޫނުގައި ބުނާ އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ ބާ ކައުންސިލަށް ޖަމީލްގެ މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

https://twitter.com/MJameelAhmed/status/1189516862691766272

އެ ނިންމުމަށް ފާޑު ވިދާޅުވަމުން ޖަމީލް ވަނީ ޓްވީޓުތަކެއް ކުރައްވާފައެވެ. އެގޮތުން ސިވިލް ސާވަންޓުންނަށް މުޒަހަރާ ކުރުން މަނާކޮށް، ދީނީ އިލްމުވެރިން ދީނީ ނަސޭހަތް ދިނުން މަނާ ކުރުމާއި، ގާނޫނީ ވަކީލުން، ވަކާލާތުކޮށް ދިނުން މަނާ ކުރަނީ ކޮންކަމަކާ ބިރުންތޯ ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.

މިއީ ބާ ކައުންސިލަށް ހުށަހެޅުނު ވަކީލެއްގެ ފުރަތަމަ މައްސަލަ އެވެ. ޖަމީލް ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިން ފަނޑިޔާރު އާދަމް މުހައްމަދު ވަނީ ތަނާޒުލްވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން، އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި އޭނާ ބަލައިނުގަނެވޭނެ ސަބަބެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: