ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށުފެންވަރުގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން- ނައިބު ރައީސް

ޤައުމީ ޔުނިވަސީޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުން.... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށުފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް މީގެކުރިން ނުކުރާ މިންވަރަށް މިސަރުކާރުން މަސައްކަތް ކުރަމުންގެންދާކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަސީޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރުމުގައާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮކަމާ އޯގަތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަކީ ޞިއްޙީ ޚިދުމަތުގެ މުހިންމު އަސާސެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރަށުފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް މީގެކުރިން ނުކުރާ މިންވަރަށް މިސަރުކާރުން މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ.

ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެ ޙިއްޞާވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ފައިސަލް ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ފުދުންތެރިކަން އިތުރުކޮށް ތަރައްޤީއަށް ވާޞިލުވުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭކަމަށެވެ. އަދި ކޮންމެ މީހަކީވެސް ދިރިއުޅުމަށްޓައި މަސައްކަތެއްކޮށްގެން އާމްދަނީއެއް ހޯދާމީހަކަށް ވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: