ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިތަނަށް އަންނަނީ އެމްޑީޕީގެ މަސައްކަތްތައް ކުރާކަށްނޫން! ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެއެއް ނޫން”

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޖާބިރު ވާހަކަދައްކަވަނީ.... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދަނީ އެމްޑީޕީގެ ފިކުރުގައިކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާމްދަނީއިން ޓެކްސް ނެގުމުގެ ބަހުސް ކުރިއަށް ދިޔަވަގުތު ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އޮޕަރޭޓްކުރަންވާނީ އަޚުލާޤީ މިންގަނޑެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އުސޫލުތަކާ އެއްގޮތަށް މަޖިލިސް އޮޕަރޭޓް ކުރާކަމަށް ވާނަމަ މަޖިލީހަށް އެއްވެސް ބިލެއް ނުވަތަ މައްސަލައެއް ހުށަހެޅުމުގެ ބޭނުންމެއް ނެތް ކަމަށެވެ.

“އެމްޑީޕީގެ ޕީޖީ ގުރޫޕުން ތަތްގަނޑު ޖަހާލާފަ ނިންމާލަންވީނޫންތޯ؟ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހަކަށް ވާއިރުގައި، މަޖިލީހުގެ 65 މެންބަރުން ތިއްބަވާ އިރުގައި، މަޖިލީހުގެ ރައީސް އަކީ ރައްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ރައީސް، އަޅުގަނޑު އެންމެ ސުވާލެއް ކޮއްލަން ބޭނުންވަނީ. ކޮބައިތޯ އެއްވެއުޅުމުގެ ޤާނޫނައް މިތަނުން ހުށަހެޅި އިސްލާހު؟ ކޮބައިތޯ އެ އޮތް ހިސާބަކީ؟ ރައްޔިތުންނަށް ޚިދުމަތް ކުރުމަސް އަޅުގަނޑު މިތާ އައިސް މިހުރީ. މަޖިލީހުގެ ރައީސަކަށްވެސް ދެންތިބި މީހުންނަށްވެސް ތިބެނީ އެމްޑީޕީ މެންބަރުން”

ޖާބިރު ވިދާޅުވީ ފުރަތަމަ ވިސްނަންވީ މަޖިލީހުގެ ނަޒާހާތްތެރިކަމާއި މެދު ކަމަށެވެ.  މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި ވިލުފުށީ ދާިއރާގެ މެންބަރު ޙަސަން އަފީފް މީގެ ކުރިން މެންބަރެއްގެ ގޮތުގައި އިންނަވާ ރާއްޖޭގައި ޑިމޮކްރަސީ ނެތް ކަމަށް ވިދާޅުވިކަމަށް ޖާބިރު ވިދާޅުވިއެވެ.

” މިއަދު ކޯއްޗެއްތޯ މިހިނގަނީ؟ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހިންގުމުގައި ޤާނޫނުއަސާސީ ކީކޭތޯ ބުނަނީ؟ މިމަޖިލީހަށް އޮންނާނެކަމަށް އޮތޯރިޓީ ކުރިއަށްގެންދަން. އެމްޑީޕީއިން އެންޑޯސްމަންޓް ދިނީމަ އެ ނިމުނީ. އެހެންނެއް ނުހިނގާނެ މި މަޖިލީހެއް ދެނެއް”

ޖާބިރު ވިދާޅުވީ އެމްޑީޕީ މެޖޯރިޓީ އޮތަސް ބޭނުންހާ ގޮތަކަށް ކަންކަން ނުހިނގާނެ ކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ ފިކުރުނޫނުް އެހެން ފިކުރުގެ ބޭފުޅުންވެސް އެބަތިބި ކަން ޖާބިރު ފާހަގަކުރެއްވިއެވެ.

މަޖިލީހަށް ކަންކަން ހުށަހަޅާއިރު މެންބަރުން މަޖިލިސް ތަމްސީލުކުރަނީ ކީއްވެގެންކަން ވިސްނާލަން ޖެހޭ ކަމަށާއި އެބޭފުޅާ ކޮޅައް ހުންނެވީ ރާއްޖެގެ އެންމެހާ ރައްޔިތުން ތަމްސީލު ކުރަން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ އިޒުނަ ނެތި އެއްވެސް ކަމެއް ނުކުރޭ ކަމަށެވެ. މަޖިލީހަކީ އެމްޑީޕީގެ ހަރުގެއަކަށް ހަދައިގެން ނުވާނެ ކަމަށާއި މަޖިލީހުގައި ކަންކަން ކުރަންވާނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވިދާޅުވިއެވެ.

” 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ރައްޔިތުން މެޖޯރިޓީ ދިނީ ކީއްވެގެކަން ސުވާލުކުރަންޖެހޭ. އޭގެ މާނައަކީ ހިތުހުރިހާ ގޮތަކަށް ކަންކަން ކުރުމެއް ނޫން. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުތަކާއި އެއްޗެތި ކޮންމެ ދުވަހަކު ހިތުހުރިހާ ގޮތަކަށް އަމަލުކުރުމުގެ ބޭނުންމެއް ނޯންނާނެ! ކޮބައިތޯ އޭ އަޅުގަނޑު ހިތައް އަރަނީ ރާއްޖޭގެ ކަންކަން މިހިނގަނީ ރަނގަޅަށްތޯއޭ ސުވާލުކޮށްލަން ބޭނުންވޭ! މި މަޖިލީހުގެ ރައީސުންނަށް މި ތިއްބަވަނީ އެމްޑީޕީގެ ހަރުގޭގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ އެކްޓިވިސްޓުން. އެހެނެއް އެކަމެއް ނުހިނގާނެ. މިއީ ރައްޔިތުންގެ މަޖިލިސް. އެކަން އަންޑަސްޓޭންޑް ވާންޖެހޭނެ!” ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕިގެ މެންބަރުން ފިޔަވާ އެހެން މެންބަރުންނަކީ އެއްވެސް ބަޔަކަށް ނުވާގޮތަށް މަޖިލީހުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އެމްޑީޕީއަށް “މާބޮޑު ސުޕަމެޖޯރިޓީއެއް” ލިބިގެން އުޅޭ ކަމަށާއި ވީ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ދެން އޮތް އިންތިހާބު ތަކުގައި އެމްޑީޕިއަށް މެޖޯރިޓީ ދިނުމުގެ ކުރިން ރައްޔިތުން ވިސްނާލުން މުހިންމުކަމަށް ވިދާޅުވިއެވެ.

” ރައީސް އޮފީހުން ސްޓޭމްޕު ޖަހާގޮތަށް މިތަނުން ފޮނުވާ އެއްޗެހީގައި ސްޓޭންޕެއް ނުޖެހޭނެ. ރައްޔިތުންގެ މަޖިލީހުން ޖެހޭނެ އެކަމާއި ޑެލެބްރޭޓް ކުރަން. ސީދާ އަޅުގަނޑު މިދަންނަވަނީ މިޙާރުން މިހާރަށް ނާޓަކު ކުޅުން ހުއްޓާލާާށޭ! ކަޑައެއް ނޫންތޯ! އަޅުގަނޑު މިތަނަށް އަންނަނީ އެމްޑީޕި ހަރުގޭގެ މަސައްކަތް ކުރާކަށް ނޫން! އެމްޑީޕީގެ ހަރުގެ ހިންގާނީ އެމްޑީޕީގެ އޮފީހުގައި!”

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: