ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ އިންޒާރު ޕީޖީއަށް ގޮތެއް ކަނޑައަޅަން ދެ ދުވަސް

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ޕީޖީ ބިޝާމްގެ އިތުރުން ކުރީގެ ނައިބް ރައީސް އަދީބް: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ، މާބިންހުރާ މައްސަކައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްއާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އުފުލާފައިވާ ދައުވާގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ޕްރޮސިކިޔުޓާ ޖެނަރަލް އަށް އިންޒާރު ދެއްވައި މައްސަލައާއި މެދު ގޮތެއް ކަނޑައެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވައިފިއެވެ. 

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރި ވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން އަދީބަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހައިކޯޓުން ވަނީ އެ ހުމުމް ބާތިލް ކޮށްފައެވެ. އަދި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ. ނަމަވެސް ޕީޖީ ނިންމެވީ ޅ، މާބިންހުރާގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކުރިއަސް ގެންދިއުމުގެ ބަދަލުގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށެވެ. 

އެގޮތުން މި މައްސަލައިގައި ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލް ވިދާޅުވީ ޅ، މާބިންހުރާ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ދައުލަތުން ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރުސީން އެކިއެކި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އަދީބް އިއުތިރާފް ވެވަޑައިގެންފައިވާ ކަމަށާއި އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ދައުލަތަށް އެއްބާރުލުން ދިނުމަށް އަދީބް ނިންމަވައި ދައުލަތާއިއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ޅ، މާބިންހުރާގެ މައްސަލަ މިވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ދައުލަތުން ބޭނުން ނުވާ ކަމަށް ޕީޖީގެ ވަކީލް ވިދާޅުވިއެވެ. 

ދައުލަތުގެ ވަކީލްގެ އެ ވާހަތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަކީ ޕީޖީ އޮފީހުގެ ސެކްޝަނެއް ނޫން ކަމަށާއި ޕީޖީ ބޭނުންވާހާ ގޮތަކަށް ސުޕްރީމް ކޯޓުގައި ޝަރީޢަތްައް ޕާކް ކޮށްފައި ނުބެހެއްޓޭނެ ކަމަށެވެ. އަދި ޕީޖީގެ ޒިންމާއަކީ މައްސަލަތަކުަގައި ދައުވާ އުފުލުމާއި ނުވަތަ ދައުވާ ނުކޮށް ދޫކޮށްލުން ކަމަށާއި ނަމަވެސް ޅ، މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލައި ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ޕީޖީއަށް މިހާތަނަށް ވެސް ކަނޑައެޅިފައި ނުވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް ދެ ދުވަސް ތެރޭގައި މައްސަލައާއި މެދު ގޮތެއް ކަނޑައެޅުމަށް އުއްތަމަ ފަނޑިޔާރު ޕީޖީއަށް އެންގެވިއެވެ. 

މި މައްސަލަ ޝަރީއަތުގައި އޮތްވައި، އަދީބު ވަނީ ފިލައިގެން އިންޑިއާއަށް ގޮސްފަ އެވެ. އޭނާ އަނބުރައި ރާއްޖެ ގެނެސް ޕީޖީއިން ވަނީ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އެދިފަ އެވެ. އެގޮތުގެ މަތިން އަދީބު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މައްސަލާގެ އަޑުއެހުންތައް މީގެ ކުރިން އޮތެވެ. ނަމަވެސް އަދީބުގެ ފަރާތުން ވެސް ވަނީ އޭނާ ޕީޖީއަށް އެއްބާރުލުންދީ، ހެކި ފޯރުކޮށްދެމުން ދާތީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: