ކުއްލި ޚަބަރު

ރިޒްވީގެ އެމްޑީކަމުގެ ދަށުން ގައުމީ އެއާލައިން އެތައް މިލިއަނަކުން ގެއްލުން، ދަރަނި އިންތިހާއަށް!

ކ-ވ- އައިލެންޑް އޭވިއޭޝަންގެ އެމްޑީ، ޑީއެމްޑީ. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ފައިދާގައި ހިންގަމުން އަންނަ ގައުމީ އެއާރލައިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ އެކުންފުނި ހިންގަން ހަވާލުވެވަޑައިގެންނެވިފަހުން އެކުންފުނި އެތައް މިލިއަން ރުފިޔާއިން ގެއްލުންވާން ފަށައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ސްޓޭޓް އޯންޑް އެންޓަރޕްރައިޒް (އެސްއޯއީ) ތަކުގެ މާލީ ހާލަތު ދިރާސާކޮށް ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓާ ރިވިއު ރިޕޯޓް ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަންއަށް ވަނީ 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފައެވެ.

10.75 މިލިއަން ރުފިޔާގެ ގެއްލުމެއް ދެވަނަ ކުއާޓަރގައި ވެފައިވާއިރު، މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނުން ވަނީ 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ.

ޕީބީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ސާފު ފައިދާގެ ގޮތުގައި 68.05 މިލިއަން ރުފިޔާ ލިބިފައިވާ ކުންފުންޏަކަށް 10.7 މިލިއަން ރުފިޔާގެ ގެއްލުމެއް ވުމަކީ ގަބޫލު ނުކުރެވޭ ވަރުގެ ގެއްލުމެއްކަމަށެވެ. އަދި މިއީ ކުންފުނި މިސް މެނޭޖް ކުރުން ދޭހަކޮށްދޭ ކަމެއްކަމަށްވެސް ރިޕޯޓްގައިވެއެވެ.

މީގެއިތުރުން ދެވަނަ ކުއާޓަރުގެ ވިޔަފާރި ދަށްވެ އެތައް މިލިއަނުން ގެއްލުންވެފައިވާއިރު، އައިއޭއެސްގެ ދަރަނި ވަނީ 73 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ކުރު މުއްދަތުގެ ދަރަނިތައް ދެއްކުމުގެ ގާބިލްކަން ނެތިގެން ދިޔުމުގެ ބިރު އުފެދިފައިވާކަންވެސް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރިޕޯޓްގައި ބުނާގޮތުން ކުންފުނީގެ އާމްދަނީ ދަަށަށް ދިޔަ ނަމަވެސް ހަރަދުތައް ނުހިފެހެއްޓި ދިޔައީ މައްޗަށެވެ. ފުރަތަމަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތް 91.6 މިލިއަނުގައި ހުރިއިރު، ދެވަނަ ކުއަޓަރުގައި އެ އަދަދު ވަނީ 100.3 މިލިއަން ރުފިއާއަށް ކުރިއަށް ޖެހިފައެވެ. އެއީ 8.6 މިލިއަން ރުފިޔާގެ އިތުރުކުރުމެކެވެ.

މިކަމާއިގުޅިގެން އާއްމުންދަނީ ސޯޝަލް މީޑިއާގައި އައިއޭސްގެ ވެރިންނާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

https://twitter.com/faathunn/status/1189137060231368704?s=20https://twitter.com/Ixxath1515/status/1189447272796282880?s=20https://twitter.com/Huvadhoo4/status/1173426177001680896?s=20

ކުންފުނީގެ ހަރަދުތައް ބޮޑުވެ އައިލެންޑް އޭވިއޭޝަން އެތައް މިލިއަނަކުން ދެވަނަ ކުއާޓަރގައި ގެއްލުންވިއިރު، ރިޒްވީގެ މެނޭޖިންގ ޑައިރެކްޓަރކަމުގެ ދަށުން ހިންގަމުން އަންނައިރު ރިޒްވީވެސް ހިމެނޭގޮތުން ކުންފުނީގެ ވެރިންގެ މުސާރަ ބޮޑުކުރިކަމުގެ އަޑުތައް ފެތުރުނެވެ. އެގޮތުން އެމްޑީގެ މުސާރައަށް އެއްލައްކަ ރުފިޔާ އާއި ޑީއެމްޑީގެ މުސާރަ 86،000 ރުފިޔާ އަށް ބޮޑު ކުރި ކަމަށް އަޑު ފެތުރުނެވެ.އަދި އެއާއި ވިދިގެން މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރިކަމުގެ އަޑުތައް ފެތުރުނެވެ. އެކަމާއި ގުޅިގެން ރިޒްވީއާއި ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހަށްވެސް ހާޒިރުކުރެވުނެވެ. ނަމަވެސް ރިޒްވީއާއި ކުންފުނީގެ ވެރިން އެކަން ދޮގުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: