ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރަށުން ބޭރަށް ދިޔަ ވަގުތު ބަލާފައި ކައުންސިލްގެ އަގު ވައްޓާލަން ތި މަސައްކަތްކުރަނީ”

ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.... ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ އަގު ވައްޓާލުމަށް ބަޔަކު ފަހަތުގައި ތިބެގެން ކުރަމުންދާ މަސައްކަތް ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ކުއްވެރިކޮށްފިއެވެ.

ކުރީގެ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ބިޑަކާއި ނުލާ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ސިޓީ ކައުންސިލުން ލިޔެކިޔުމަށް ބަދަލު ގެންނަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން އޭސީސީއިން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަދެ ބަލާ ފާސްކުރަން ފަށާފައެވެ.

އޭސީސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މަނިކު ސަންގައް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

އެކަމާއ ގުޅިގެން ޝިފާ ވަނީ ނުރުހުން ފާޅުކުރައްވާ ޓުވީޓުތަކެއް ކުރައްވާފައެވެ. ޝީފާ ވިދާޅުވީ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވާ، ލިޔެކިއުންތައް ބަދަލުކުރާ ވާހަކައާއި ވައްކަމުގެ ތުޙުމަތުތައް އަޅުވަމުންދާތީ އެކަން ކުއްވެރިކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވާ 3 މެންބަރަކު އުޅޭކަމަށެވެ.

 

https://twitter.com/etna295/status/1189278731292041223

ޝިފާ މިފަދައިން ވިދާޅުވިއިރު ކައުންސިލުން ބޮޑަކާއި ނުލާ މަޝްރޫޢު ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އެ ލިޔެކިއުންތައް ބަދަލުކުރާ ކަމަށް ބުނެ މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ އެ ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީންއާއި ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރުއެވެ.

މި ދެބޭފުޅުން ވަނީ ރޭގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ޕާކުގައި އިމާރާތްކުރާ ފާހަނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ އެއްބަސްވުމަކާއި ނުލާ ކަމަށާއި މަސައްކަތް އެ ކުންފުިން ފަށާފައިވަނީ ރަސްމީކޮށް ހަވާލުވެސް ނުކުރަނީސް ކަމަށެވެ. އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ. ޕާކުގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ނިންމަމުން ދަނީ ކައުންސިލުން ފާސް ކުރުމެއް ނެތި ކަމަށާއި އަދި އެ މަސައްކަތްތައް ހަވާލުކޮށް ނިންމާފައިވަނީ ބިޑް ކޮމިޓީ އަށް ހުށަނާޅާ ކަމަށެވެ.

އެ މަސައްކަތާއި ގުޅޭގޮތުން މޭޔަރ ޝީފާއާއި ސުވާލުކުރެއްވި ކަމަށާއި އަދި އެ މަޝްރޫޢުއައް ބަޖެޓުން ޚަރަދު ނުކުރާކަމަށް ކުރިން އޭނާ ވިދާޅުވި ކަމަށް މެންބަރުން ބުނެއެވެ ނަމަވެސް މި ފަހުން ސުވާލުކުރުމުން އެ މަޝްރޫއައް 6 މިލިއަސން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްލަތް ކުރަމުންދާ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި މިކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން ލިޔެކިއުންތަކަށް ބަދަލުގެނެސްގެން ޤަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލްގެ މެންބަރުން ވަނީ ރޭގެ ވަގުތެއްގައި މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އެ މެންބަރުން ވިދާޅުވިގޮތުގައި މީގެ ކުރިންވެސް ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކޮށްފައިވާ ކަމަށާއި އެކަންކަން ފަޅާއަރުވާލަން މަސައްކަތް ކުރުމުން ވީ ނުވީއެއް ނޭންގި އެ ލިޔެކިއުންތައް ގެއްލޭ ކަމަށެވެ. ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް މީގެ ކުރިން އަޅާފައިވާ ކަމަށް މެންބަރުން ބުނެއެވެ.

މި ތުޙުމަތުތަކާއި ގުޅިގެން ޝީފާ ވަނީ ތުޙުމަތުތައް ކުއްވެރިކޮށްފައެވެ. އަދި އެ މަޝްރޫޢު ބިޑް ކޮމިޓީއާއި ހަވާލުކުރި ކަމެއް އަދި އެވޯޑު ކުރިކަމެއް އިނގިފައި ނެތް ކަމަށާއި ދެން ކޮން ކޮރަޕްޝަނެއްގެ ވާހަކަތޯ ވިދާޅުވި ވަނީ ސުވާލުކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝީފާ އަކީ މީގެ ކުރިންވެސް އާންމުންގެ ފަރާތުން ޝަކުވާތައް ކުރިމަވެފައިވާ ބޭފުޅަކަށްވާއިރު އޭނާ ވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބުގައި ކުރިމަތައްވާނެކަންވެސް އިއުލާނުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: