ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު ހިންގުން ފަނޑިޔާރުންނާ ހަވާލު ކުުރުމުގެ އާ ގަވާއިދެއް!

ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ރަސްމީއްޔާތެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވައިލައިފިއެވެ. 

މިއުސޫލަކީ ދާއިމީ ފަނޑިޔާރުން ހަމަޖެހިފައި ނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެހީތެރިވުމަށާއި،  ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލެވެ.

އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިތުރު ލަފައެއް ނެތް ހާލަތެއްގައި ކޯޓު ނުވަތަ ދާއިރާ ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާއިރު، އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ  އުސޫލުގައިވާ ގޮތުގެ މަތީން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ޖޭއެސްސީން އެކުލަވާލި މި އުސޫކުގެ ދަށުން ދާއިމީ ފަނޑިޔާރުން ހަމަޖެހިފައި ނެތް ކޯޓު ހިމެނޭ ޖުޑީޝަލް ދާއިރާއެއްގައި ހުރި ކޯޓުތަކުގެ ތެރެއިން އެ ކޯޓާ އެންމެ ކައިރީގައިވާ ފަނޑިޔާރަކު ޤާއިމުވެ ހުރި ރަށުގެ ކޯޓުގެ ފަނޑިޔާރާ އެފަދަ ކޯޓެއްގެ ހިންގުން ހަވާލު ކުރެވިދާނެއެވެ.އަދި އެކަން ކުރާނީ ޑީޖޭއޭއިން ކަމަށް އުސޫޅުގައި ވަނީ ބުނެފައެވެ.

ޖޭއެސްސީގެ އުސޫލުގައިވާ ގޮތުގެ މަތީން ކޯޓު ނުވަތަ ދާއިރާގެ ހިންގުން އެހެން ފަރާތަކާ ހަވާލުކުރުވޭ ނަމަ، ހިންގުމާ ހަވާލުވެހުރި ފަނޑިޔާރުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، އިތުރު ދާއިރާއެއްގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރެއްޖެ ނަމަ، އެ ދާއިރާތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަންވާނީ، އެވަގުތު ކޯޓު ނުވަތަ ދާއިރާ ހިންގުމާ ހަވާލުކުރެވޭ ފަނޑިޔާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: