ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުތައް ކުޑަކޮށް، އެސްޓީއޯގެ ތިން ވަނަ ކުއާޓަރުގެ އާމްދަނީ ދެ ބިލިއަނަށް!

އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގެ ރިޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ކުރިން ކުރި ގިނަ ހަރަދުތަކެއް ކުޑަކޮށްލުމާއެކު، ސާފު ފައިދާ 25 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ތިންވަނަ ކުއާޓާރުގެ މާލީ ރިޕޯޓު މިހާރު ވަނީ އާއްމުކޮށްފައެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި ކުންފުންޏަށް ސާފު ފައިދާއެއްގެ ގޮތުގައި ލިބުނު އަދަދުކަމަށް އެސްޓީއޯއިން ބުނެފައިވަނީ 77 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް، ތިންވަނަ ކުއާޓަރުގައި ކުންފުންޏަށް ސާފު ފައިދާއެއްގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިފައިވާކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި އާމްދަނީއެއްގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. މި ކުއާޓަރުގައި ކުންފުނިން ކުރި ވިޔަފާރީގެ އިންސައްތަ ދަށްވެފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއިން 1.9 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރިއެވެ. އެހެން ނަމަވސް ކުންފުނިން ދެވަނަ ކުއަޓަރުގައި 2 ބިލިއަން ރުފިޔާގެ ވިޔަފާރި ވަނީކޮށްފައެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގައި 112 މިލިއަން ރުފިޔާ ހޯދާފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދެވަަނަ ކުއާޓަރުގައި ލިބުނު 92 މިލިއަން ރުފިޔާއާއި އަޅާބަލާނަމަ ކުރިއެރުމެކެވެ.

 

އެސްޓީއޯގެ ތިން ވަނަ ކުއާޓާރ ގެ ރިޕޯޓު: ފޮޓޯ- ސަންގު

އެސްޓީއޯއަށް ތިން ވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީއެއްގެ ގޮތުގައި 340 މިލިއަން ރުފިޔާ ލިބުނެވެ. އެ އަދަދު އޭގެ ކުރީގެ ކުއާޓާރުގައި ހުރީ 326 މިލިއަން ރުފިޔާގައެވެ. އެހެން ކަމުން، މި ކުއާޓަރއަށް ބަލާނަމަ ކުންފުނީގެ ހިއްސާއެއްގެ ގޮތުގައި 84 ރުފިޔާ ޖެހޭނެއެވެ. މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 68 ރުފިޔާއެވެ.

އެސްޓީއޯއިން އެކުންފުނީގެ މަލީ ރިޕޯޓާއި ގުޅޭގޮތުން މީޑިއާތަކަށް ބުނެފައިވަނީ މިދިޔަ ކުއާޓަރުގައި ކުންފުނީގެ ހަރަދު 12 މިލިއަން ރުފިޔާ ކުޑަކުރެވުނު ކަމަށެވެ. އަދި މި އަހަރުގެ ތިން ކުއާޓާގެ ފައިދާ އެއްކޮށްލުމުން މިދިޔަ އަހަރުގެ ޖުމްލަ ފައިދާއަށް ވުރެ މި އަހަރުގެ ތިން ކްއާޓަރުގައި އެސްޓީއޯ އަށް ލިބުނު ފައިދާ، ގާތްގަނޑަކަށް 30 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ ފައިދާ އިތުރުވިއިރު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.

އެސްޓީއޯގެ ތިން ވަނަ ކުއާޓާރ ގެ ރިޕޯޓު: ފޮޓޯ – ސަންގު

2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަކީ ރޯދަމަހުގެ އިނާޔަތްތަކާއި އަހަރީ ބޯނަސް ދޭ ކުއާޓަރަށް ވެފައި، ދެވަނަ ކުއާޓަރުގެ ހިންގުމުގެ ހަރަދު ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވެގެން ދިޔަ މިންވަރަށް އެސްޓީއޯ އިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން ބޮޑުކޮށްފައި ނުވުމާއި އަދި އެޑްމިނިސްޓްރޭޓިވް ހަރަދު އިތުރުވުމުގެ ސަބަބުން، އެސްޓީއޯ އަށް 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ (ޓެކްސަށް ކެނޑުމުގެ ކުރިން) ގޮތުގައި ލިބިފައި ވަނީ 97 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ލިބިފަ. ނަމަވެސް މިފްކޯ އާއި އެސްޓީއޯގެ ހޮޓަލުން ލިބުނު ގެއްލުމާއެކު، އެ ކުންފުނީގެ ގްރޫޕު ފައިދާވަނީ ހުރީ 30 މިލިއަން ރުފިޔާގައެވެ. ރާއްޖެއަށް ބޭހާއި ތެޔޮ އެތެރެކުރާ ކުންފުންޏަށް ބޮޑު ސާފު ފައިދާއެއް ލިބިފައިވާއިރު، އެ ކުންފުނިން ވަނީ އިސްރާފު މަދުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިކަމަށް އެސްޓީއޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: