ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ސަރަޙައްދުގައި ކޮޅިގަނޑެއް، ކުރިއަށް އޮތް 24 ގަޑިއިރު ބާރު ގަދަވާނެ!

ރާއްޖެ ސަރަޙައްދުގައި ކޮޅިގަނޑެއް، ކުރިއަށް އިތް 24 ގަޑިއިރު ބާރު ގަދަވާނެ....ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ސަރަޙައްދުގައި ކޮޅިގަނޑެއް އުފެދިފަިއވާ ކަމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

 

“މި ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބާރުގަދަވެ، ރާއްޖެއާއި ކައިރިން ހުޅަނދުއުތުރުން ދަތުރުކޮށް އަރަބި ކަނޑަށް ޖެހެމުން ދާނެ”

މި ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި އުތުރާއި މެދުތެރޭގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓު އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައެވެ. އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:30ން ހަވީރު 4:00 ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެޓު އޮފީހުން ރާއްޖޭގެ މުސުން ލަފާކުރާ ގޮތުގައި އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެންހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް. އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: