ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަބްލިއުޓީއެމްއަށް 63 ކުންފުންޏާއެކު އެމްއެމްޕީއާރުސީން ތައްޔާރު ވަނީ!

ރާއްޖެ ޑަބްލިއުޓީއެމްއަށް 63 ކުންފުންޏާއެކު ތައްޔާރު ވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންއާއި އެކު ރާއްޖޭގެ 63 ކުންފުންޏަކުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 4 އިން 6 އަށް ލަންޑަންގައި ބާއްވާ ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުންފުނިތަކާއި މީޑިއާތަކަށް ހާއްސަކޮށް ވަނީ ޕްރީ މީޓިން ބާއްވާފައެވެ. ސޯލްޓް ކެފޭގައި ބޭއްވި އެ ބައްދަލުވުމުގައި ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތައް ވަނީ ދައްކާލާފައެވެ. ޕްރީ މީޓިންގެ ތެރެއިން، ކުންފުނިތަކުން ވަނީ ފެއާ އިތުރަށް ފުރިހަަމަ ކުރުމަށް ކުރެވިދާނެ ބައެއް މަސައްކަތްތަކަށް ހިޔާލު ދެއްވާފައެވެ.

ލަންޑަންގެ “އެކްސެލް ލަންޑަން ކޮންވެންޝަން ސެންޓަރ” ގައި ބާއްވާ އެ ފެއާގެ ރާއްޖޭގެ ސްޓޭންޑް ވަރަށް ތަފާތުކަން ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ. 63 ކުންފުންޏަކުން ޖުމްލަ 161 މީހަކު މި ފެއާގައި ބައިވެރިވާނެއެވެ.

ރާއްޖެއިން ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވާތާ 35 އަހަރުވެފައިވާއިރު، ޑަބްލިއުޓީއެމްގައި މުޅިން އަލަށް ބައިވެރިވާ ކުންފުންޏަކަށް “ކްރޮސްރޯޑްސް މޯލްޑިވްސް” ފާޙަގަކުރެވެއެވެ.

އެމްއެމްޕީއާރުސީން ފެއާއަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން މާކެޓިންގެ ތަފާތު އެކިި ހަރަކާތްތަކެއް ވެސް ހިންގާފައިވެއެެވެ. އަދި ރާއްޖޭގެ ސްޓޭންޑް ތައްޔާރު ކުރުމުގައި ވެސް ގިނަ މަސައްކަތް ތަކެއް ކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑު ހެދުމަށް 345 ސްކޮއާ މީޓަރު ދީފައިިވާއިރު ސްޓޯލްގައި 24 މީޓިން ޓޭބަލް ހުންނާނެއެވެ.

ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުންފުނިތައް އިޝްތިހާރުވާގޮތަށް، އެކުންފުނިތަކުގެ އިޝްތިހާރުތައް އަދި އެހެނިހެން ޕްރޮމޯޝަން އެޑުތައް ބޮޑު ސްކްރީނެއް މެދުވެރިކޮށް ފެންނަން ހުންނާނެ ކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ. އެމްއެމްޕީއާރުސީން ވަނީ، ރާއްޖޭގެ ސްޓޭންޑުގައި ދިވެހި ކިޔުންތަކާއި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ވާޗުއަލް ރިއާލިޓީ މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކޮށްފައެވެ.

މި ފެއާއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ މީހުން އެއް ތަނަކުން ބައިވެރިވެ ބައްދަލުވާ އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި ޓެކްނޮލޮޖީ ދާއިރާ އާއި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް 5،000 ބައިވެރިން، ބައިވެރިވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ ޓޫރިޒަމް ސިނާއަތަށް ހާއްސަ ފެއާއަކަށް ވުމާއެކު ޓޫރިޒަމް ދާއިރާގެ 51،000 މީހުން ފެއާގައި ބައިވެރިވެ އެވެ. އަދި ނުފޫޒު ގަދަ ނޫސްވެރިން ވެސް ފެއާއިން ފެނިގެންދާނެ އެވެ.

ޑަބްލިއުޓީއެމް ފެއާ ބާއްވާ އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ގައުމެކެވެ. އެ ގައުމުން މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 90,965 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި 83,311 މީހުންނާ އަޅާބަލާއިރު 9.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އިޝްތިހާރު ކުރަން މިދިޔަ އަހަރު ކަނޑައަޅާފައި އޮތީ ތިން މިލިއަން ޑޮލަރު ގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މާކެޓިން ބަޖެޓު ވަނީ 10 މިލިއަން ޑޮލަރަށް ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ޑަބްލިއުޓީމްއަށް އަށް ދިވެހި މީޑިއާތަށް ގެންގޮސްފައި ނުވެއެވެ. އެހެން ނަމަވެސް އާ ސަރުކާރާއި އެކު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ހަވާލުވެ ތޮއްޔިބް މުހައްމަދު ވަނީ އެމްްއެމްޕީއާރުސީން ކުރިޔަށް އޮތް ތަނުގައި ފެއާތަކަށް ދިވެހި މީޑީއާތައް ގެންދާނެކަން ފާހަގަކުރައްވަފައެވެ. އެ ފުރުސަތު މި ފަހަރު ލިބިފައިވަނީ ސަންގުޓީވީއަށެވެ.

މި އަހަރުގެ ޑަބްލިއުޓީމް ލަންޑަން 2019 ގެ އެންމެފަހުގެ މައުލޫމާތު ސަންގުޓީވީން ގެނެސްދެވޭނެ ވާހަކަ ދަންނަނަވަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: