ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކުރިމަތިލާންޖެހިފައިވަނީ ކުރިން ދިމާވިފަދަ ކަންކަމަކާ ނޫން- އިމްރާން

ޤައުމީ ދުވަހުގެ ޖަލްސާގައި މިނިސްޓާރ އިމްރާން ވާހަކަދައްކަވަނީ.... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިމަތިލާންޖެހިފައިވަނީ ކުރިން ދިމާވިފަދަ ކަންކަމާ ނޫންކަމަށާއި މުސްތަޤްބަލް އާރާސްތުކުރުމަށްޓަކައި ކުރިމަތިލާންޖެހެނީ މިއަދުގެ ވިސްނުމާ ފިކުރުގެ ތެރެއިންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ވަޠަންގެ ކަރާމަތާ އިސްތިޤުލާލާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަޞްޢޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަކީ ކޮންމެ ދަރިއެއްގެ ޒިންމާއެއްކަމަށެވެ.

ދިވެހިރާއްޖެ، މިޞަރަހައްދުގައި އިސްތިއުމާރީ ބާރުތަކުގެ ތެރޭގައި އެތައްސަތޭކަ އަހަރުވަންދެން މިނިވަންކަމާ އިސްތިޤުލާލުގެ މަތީގައި ދެމިއޮތުމުގެ ޞިއްރަކީ ޤައުމުގެ ދިފާއުގައި ޤުރުބާންވާނެ ދަރިންތަކެއް ތިބުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ދިވެހި ތާރީޚަށްޓަކައި، ދިވެހި ޤައުމަށްޓަކައި ޤުރުބާންވާނެ އެތައް ކާބަފައިންނެއް މިދީބު ދެކެފައިވާކަން ފާހަގަކުރައްވަމުން، އެފަދަ ބޭފުޅުންގެ ޒިކުރާ އާކުރަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން ޤައުބީ އަބްޠާލުންގެ ޒިކުރާ އާކުރުމަކީ އެއް ޖީލުން އަނެއް ޖީލަށް ދަތުރުކުރަމުން ގެންދަންޖެހޭ ޤައުމީ ވިލެއްކަމަށާއި، ކޮންމެ ދިވެއްސަކު ދިވެހި ތާރީޚުގެ ޞަފްހާތަކުގެތެރެއަށް ގޮސް ދިވެހި ޤައުމަށްޓަކައި އެބޭފުުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާންތައް ދިރާސާކޮށް ދަސްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އެކަމުން އިބުރަތާ ފިލާވަޅު ލިބިގަނެ، ޖީލުތައް ޤައުމުގެ ހިމާޔަތަށް ކުރަންވީ ކަންކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭކަމަށެވެ. ކޮންމެ ޤައުމެއްވެސް މިނިވަންކަމާއެކު ދެމިއޮންނަނީ އެޤައުމެއްގެ ޤައުމިއްޔަތުގެ އަޞާޞްތަކެއް އޮވެގެން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

” ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމުގެ އަޞާޞަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަސް، އަދި ދިވެހިންގެ ފަޚުރުވެރި އާދަކާދަޔާ ޘަޤާފަތް. އެހެންކަމުން ދިވެހި ދައުލަތުގެ މިނިވަންކަމާ ރައްކާތެރިކަމަށްޓަކާ ދިވެހި ޤައުމިއްޔަތުގެ އަޞާޞްތައް ދިރުވާއާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަޞްޢޫލިއްޔަތެއް”

ރާއްޖެއަށް އެރި ޕޯޗްގީޒުންގެ އަޅުވެތިކަމުން މި ރާއްޖެ މިނިވަންކުރަން ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިން ކުޑަވަރެއްގެ އަނގަމަތި މަސްދޯންޏެއްގައި އެތައް އަހަރެއް ވަންދެން ވެވަޑައިގެންނެވި ޤުރުބާނީ އަކީ މިއަދުގެ ޒުވާނުންނަށް އިޙްޞާޞް ވެސް ނުކުރެވޭނެ ކަމަށެވެ.

އަދި ދޮންބަންޑާރައިންނާއި ޝަހީދު އަލީ ރަސްގެފާނާއި ޝަހީދު ހުސެއިން އަލީ އާދަމް ޤުރުބާންވެވަޑައިނުގެންނަމަ މިއަދު ޤައުމު މިހިސާބަށް ނާންނާނެ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މާޒީގައި ޤައުމީ އަބްޠާލުން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީ ދެމެހެއްޓުމަށް މިނިސްޓަރ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: