ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދުއިން ކޮޗިން އަށް ދަތުރު ފަށައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެޔާޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން- (ފޮޓޯ: ސަންގު ފޮޓޯ ފައިލް)
ޝެއާރކޮށްލާ ކަހަލަދޯ؟

 ހަނިމާދޫއިން އިންޑިއާގެ ކޮޗިން އަށް މޯލްޑިވިއަން އިން ދަތުރުތައް ފަށައިފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ދަތުރުތައް ފެށުމަށް ހޯމަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ޓުއަރިޒަމް އަށް އަމާޒުކޮށްގެން ފެށޭ މި ދަތުރު ތަކުގައި ހަފްތާއަކު ތިން ފްލައިޓު ބާއްވަން ވަނީ ހަމަޖެހިފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދޫއަކީ އެންމެ ގިނަ އަދަދަކަށް ބަލި މީހުން އުފުލާ އެއާޕޯޓު ކަމަށާއި، ކޮޗިން ދަތުރުތަކާއެކު ރާއްޖެއިން ބޭރަށް ބަލިމީހުން އުފުލުމުގައި ފަސޭހަ ތަކެއް ލިބިގެން ދާނޭކަމަށެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ރަނގަޅު ފުރުސަތަކަށް ވާނެކަމާށާއި ސަރަހައްދުގެ ރިސޯޓު އަދި ގެސްޓުހައުސްތަކަށް މީގެ ފައިދާ ކުރާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

ހަނިމާދޫއިން ކޮޗިން އަށް ދެކޮޅު ޓިކެޓުގެ އަގު 199 ޑޮލަރު (3069 ރުފިޔާ) އަރައެވެ. ހަނިމާދޫއިން ދަތުރުތަށް ފެށުމަށް ހަމޖެހިފައިވާއިރު، މާލެއިން ކޮޗިންއަށް ހަފްތާއަކު ތިން ފްލައިޓް ބޭއްވުމަށް މޯލްޑިވިއަން އިން ދަނީ ތަށްޔާރީތައް ވަމުންނެވެ. މާލެއިން ކޮޗިންއައް ދެކޮޅު ޓިކެޓްގެ އަގު 150 ޑޮލަރަށް (2313 ރުފިޔާ) އުޅޭނެކަމަށްވެސް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

މި ދަތުރުތަކާއެކު އަދި ހަނިމާދޫއިން ބާއްވާ ބައިނަލްއަގުވާމީ ފަސް ދަތުރު ހަފްތާއަކު ބާއްވައެވެ. ހަނިމާދޫ-ކޮޗިންގެ އިތުރުން، ހަނިމާދޫ – ލަންކާ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: