ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުސަތު އެއްވެސް ބޭފުޅަކަށް ނުދެއްވާ “

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުސަތު ނުދޭން ރާއްޖޭގެ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ މިރޭ ބޭއްވި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ލިބިފައިނުވާ އެތައް މިނިވަންކަމަކާ ހައްގުތަކެއް އާ ގާނޫނު އަސާސީން ލިބިގެން ދިޔަ ކަމަށާއި އޭގެ ރަނގަޅު ފައިދާ އިންތިހާއަށް ލިބެމުންދާއިރު އިމެއް މިނެއްނެތި ނާޖައިޒު ގޮތުގައި އެ ހައްގުތަކުގެ ބޭނުން ބަޔަކު ހިފަމުންދާ ކަމަށެވެ. އެކަމުގެ ނުރަނގަޅު އަސަރު މުޖްތަމައުއަށް ފޯރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަގީދާ ވަކިކޮށްލެވޭވަރަށް ވުރެން އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ އެވެ. ކުރީގެ ސަރުކާރުން ފިޔަވަޅު ނޭޅި ނަމަވެސް އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

 

“ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ،”

މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށާއި ގައުމު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އަދި ގައުމިއްޔަތު ދެމެހެއްޓޭނީ ވެސް ގުޅިގެން ކުރާ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: