ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީ އަރަބީޔާގެ ވަފްދެއް ކިންގް ސަލްމާން މިސްކިތަށް

މިސްކިތުގެ މަސައްކަތް ބަލާލުމަށް ސައުދީގެ ވަފްދާއެކީ އިސްލާމިކް މިނިސްޓާރ ޑރ. އަހުމަދު ޒާހިރު - (ފޮޓޯ: ސަންގު ފޮޓޯ ފައިލް)
ޝެއާރކޮށްލާ ކަހަލަދޯ؟

ކިންގް ސަލްމާން މިސްކިތުގެ ނަމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދްގެ އެހީއަކުން ބިނާކުރާ މިސްކިތުގެ އެންމެ ފަހު މަސައްކަތްތައް ސައުދީގެ ވަފުދަކުން ބަލާލައިފިއެވެ.

މިސްކިތުގެ މަސައްކަތް ބަލާލުމަށް މިއަދު ވަޑައިގެންފައިވަނީ ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެކެވެ. އެ ވަފުދާއެކު ރާއްޖެގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުވަނީ އެ ވަފުދާއެކު މިސްކިތަށް ޒިޔާރަތްކޮށްފައެވެ.

ހަ ބުރިޔަށް ހަދާ މި މިސްކިތުގެ މަސައްކަތް މިއަހަރު ކުރީކޮޅަށް ނިންމަން ކުރިން އޮތީ ހަމަޖައްސާފައެވެ. ނަމަވެސް ދިމާވި އެކި މައްސަލަތަކާއި ގުޅިގެން މަސައްކަތް އޮތީ ނުނިމިފައެވެ. މިހާރު މިސްކިތް ނިންމުގެ މަސައްކަތް ވަރަށް ބާރަށްކުރިޔަށް އެބަދެއެވެ. މިހާރު ކުރިޔަށްދަނީ މިސްކިތުގެ ވަށާ ފާރު ރާނާ ފަހު މަސައްކަތްތަކެވެ.

ސައުދީގެ އިސްލާމިކް މިނިސްޓްރީން މި ވަފްދު ރާއްޖެ ފޮނުވާފައި ވަނީ ދީނީ އިލްމުވެރިންނަށް ވޯކްޝޮޕެއް ބޭއްވުމަށްޓަކައެވެ.

މި މިސްކިތުގެ މަސައްކަތް ފެށިފައިވަނީ މީގެ 3 އަހަރު ކުރިންނެވެ. ޖުމްލަގޮތެެއްގައި 24 މިލިއަން ޑޮލަރު ( 370 މިލިއަން ރުފިޔާ) މި މިސްކިތް ބިނާކުރުމަށް ހަރަދު ކޮށފައިވެއެވެ. މިސްކިތުގައި މަލްޓި ޕާޕަސް ހޯލްއެއް އަދި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީ އެއްވެސް ހިމެނެއެވެ.

ކިންގް ސަލްމާން މޮސްކް ގެ ނަމުގައި މި މިސްކިތް ހުޅުވުމަށްފަހު ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކުރަން ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: