ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ހިމާޔަތް ހޯދިޔަސް ދެން ވެރިކަމަށް ކުރިމަތިލެވޭނެ!

ރައީސް ސާލިހުގެ އަރިހުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު އިދިކޮޅު އިސް ސަފުގައި ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ލީޑަރުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ފާސްކުރި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބާތިލްކުރުމުން އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދެވި ބޭފުޅަކަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނީ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވުމުން ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖެއިން ބޭރުން ރަށްވެހިކަން ހޯދާ ދިވެހިންނަށް ވެސް އުސޫލު ކަނޑައެޅިފައިވަނީ، މިއިސްލާހުގެ ދަށުން ހަމަ މިގޮތަށެވެ.

މި އިސްލާހު ގެނައިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިއްބެވީ ހިމާޔަތް ހޯއްދަވައިގެން ގައުމުން ބޭރުގައެވެ.

މިއިސްލާހު ފާސްކުރި ނަމަވެސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގިނިކަންޏާ ވާދަކޮށް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ގާނޫނާ އެއްގޮތަށް އެމަނިކުފާނަށް އޭރު ވާދަކުރެވޭނެ އެއްވެސް ގޮތެއް ނުވުމުން ނަޝީދު ވަނީ ރިޔާސީ ޓިކެޓު ދޫކުރައްވާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަދި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ގްރޫޕުން ނިންމެވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމުހޫރީ ޕާޓީން ރަނިންމޭޓެއް ނެރުމަށެވެ.

އެމްޑީޕީން ފާސްކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅެވެ. ޖޭޕީން ޕްރައިމަރީއެއް ބާއްވައި ކާމިޔާބުކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: