ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑީގެ ބަދަލު ހޯދަން ނާޒިމް އިސްތިއުނާފަށް!

ބަދަލު ހޯދަން ނާޒިމް ހުށަހެޅުއްވި ދައުވާ ބަލައިނުގަތް މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު މައްސަލައިގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ނާޒިމް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިނުގަތުމުން، ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

2015 ވަނަ އަހަރު، ނާޒިމަށް އިއްވި 25 އަހަރުގެ ޖަލު ހުކުމާއި އެކު ރައްޔިތުން މަޖިލީހުގައި އޭނާ ތަމްސީލު ކުރަމުންދިޔަ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލުނެވެ. އެ ހުކުމް 2018 ވަނަ އަހަރު ރިވިއު ކުރުމަށްފަހު ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އެ މައްސަލައިގައި ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވީ ޖަލު ހުކުމްގެ ސަބަބުން ގެއްލުނު މެމްބަރެއްގެ ހައިސިއްޔަތުން ލިބެންޖެހޭ މުސާރަ އާއި އިނާޔަތް އަދި ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށެވެ.

ނާޒިމް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރެޖިސްޓްރާ ނިންމެވި ނިންމެވުން ރިވިއު ކުރުމަށްފަހު، އެ ކޯޓުގެ އިސްގާޒީވެސް ވަނީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ނިންމަވާފައެވެ. އަދި ނިންމެވުން ނާޒިމްގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ާއިސްތިއުނާފު މަރުހަލާގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލު، މަރިޔަމް ޝުނާނާ ވިދާޅުވީ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި އެ މައްސަލައިގެ މައުޟޫއާއި މެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ކޯޓުތަކުގެ ގާނޫނު އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝުނާނާ ވިދާޅުވީ ނިންމުން އިސް ގާޒީ ރިވިއު ކުރުމަށްފަހު ނިންމި ނިންމުމުގައި ވެސް އެ ގޮތަށް ނިންމާފައި އެބަހުރި ކަމަށެވެ.

މީގެ އިތުުރުން މައްސަލަ ބަލައިނުގަތުމަސް ނިންމެެވި ނިންމެވުމުގައި އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދު ކުރި މައްސަލައިގައި ޔާމީނަށް ބަދަލު ނަގައިދިން މައްސަލައަށް ރިޔާއަތްކޮށްފައިވާއިރު އެ ނިންމުން ނުހިމެނޭ ކަމަށް ސިވިލް ކޯޓުން ހަވާލާދީފައިވާކަން ޝުނާނާ ފާޙަގަކުރެއްވިއެވެ. ޝުނާނާ ވިދާޅުވީ މައްސަލައިގައި ޔާމީންވެސް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ވަނިކޮށް އެއީ ގާނޫނާއި ހިލާފް ބަންދެއްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ ޔާމީނަށް ސިވިލް ކޯޓުން ބަދަލު ނަގައިދިން ކަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ފަނޑުޔާރުންގެ ބެންޗުން ވަކީލު ޝުނާނާ އާއި ގިނަ ސުވާލުތަކެއް އަމާޒުކޮށް ބުނެފައިވަނީ ޔާމީން މައްސަލައިގައި ބަދަލު ދިނުމަށް ކުރި ހުކުމާއި މެދު އިސްތިއުނާފް މަރުހަލާއިން ގޮތެއް ނިންމާފައިވޭތޯއެވެ. އަދި ކޯޓުން ކުރިން ނިންމާފަައިވާ ނިންމުމަކަށް އެ ކޯޓުން ތަބާވުން ލާޒިމް ވަނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރިއެވެ.

ޖަވާބުގައި ޝުނާނާ ވިދާޅުވީ އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމަތަކަށް ވެސް އެ ކޯޓުން ރިޔާއަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ކުރީގެ ނިންމުމަކަށް ރިޔާއަތް ނުކުރެވޭނީ ހަރުދަނާ ގާނޫނީ ސަބަބުތަކެއް ހުރެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ދައުލަތުން އަނެއްކާވެސް ސުވާލު ކުރީ ނާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ ރައްދުވާ ފަރާތާއި ގުޅޭގޮތުންނެވެ. ޖަވާބުގައި ޝުނާނާ ވިދާޅުވީ އެ މައްސަލަ ރައްދުވަީ މުޅި ދައުލަތަށް ކަމަށެވެ. އަދި އެއަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނީ ބަންޑާރަ ނައިބުގެ ފަރާތުން ކަމަަށެވެ.

ރައީސް ޔާމީން، ބަދަލު ހޯދަން ހުށަހެޅި މައްސަލަ މަތީ ކޯޓަކަށް ގޮސްފައެއް ނުވެ އެވެ. އަދި މައްސަލައިގައި ވަކި ވުވައްސަސާއަކަށް ދައުވާ ކުރުމުގެ ބަދަލުގައި އެ ދައުވާކޮށްފައިވަނީ ދައުލަތުގެ މައްޗަށެވެ.

ފަނޑިޔާރު އަލީ ސަމިރު ވަނީ މުޅި ދައުލަތް މައްޗަށް ދައުވާ ކުރެވޭތޯ އާއި މައްސަލަ ބަލައިގަތުމުގައި ދައުވާ ލިބޭ ފަރާތަކީ މަސްލަހަތު ހިމެނޭ ފަރާތެއްތޯ ދަށު ކޯޓުން ބަލާނެ ނޫންތޯ ސުވާލު ކުރައްވާފައެވެ. ޝުނާނާ ވިދާޅުވީ މުޅި ދައުލަތް ޖަހައިގެން ވެސް މައްސަލަތައް ކުރިއަށް ގެންގޮސްފައި އެބަހުރި ކަމަށާއި އެއީ ބަންޑާރަ ނައިބު ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ރަޖިސްޓްރާއަށް ނިންމޭނެ ކަމެއް ނޫން ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ދައުވާލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.

ބަދަލު ހޯދަން ނާޒިމް ކޯޓުގައި ދައުވާކުރެއްވިއިރު ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުންނަވަ އެވެ. އަހުމަދު ފާރިސް މައުމޫން އެ މަގާމަށް ވަޑައިގެންނެވީ ނާޒިމްގެ ގޮނޑި ގެއްލުމާއެކު އެވެ. ނާޒިމް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އެ ދާއިރާއަށް ވާދަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: