ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދާ ރޭޕްކުރި ކަމުގެ މައްސަލައިގެ އިސްތިއުނާފު ފަށައިފި

ޒިޔާދާ ނައީމް އަދި އޭނާގެ ކުރީގެ ފިރިމީހާ ޝާހު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޑިސެމްބަރު 28، 2015 ގައި މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި، އިބްރާހީމް ޝާހުގެ މައްޗަށް އުފުލާފައިވާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާގެ އިސްތިއުނާފު މަރުހަލާ ހައިކޯޓުގައި ފަށައިފި އެވެ.

ރޭޕް ކުރުން ފަދަ މައްސަލަތަކުގެ ޝަރީއަތްތަކަކީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެކެވެ. އެހެންވެ މި މައްސަލާގެ ޝަރީއަތް ވެސް ހައިކޯޓުން ގެންދަނީ ސިއްރުކޮށްގެންނެވެ. މިއީ ފިރިމީހާ، އަނބިމީހާ ރޭޕްކޮށްގެން އުފުލާފައިވާ މިފަދަ ފުރަތަމަ ދައުވާ އެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިޔަށް ގެންދެވޭނެެއެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ. އެކަމަކު ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ.

މައްސަލައާއި ގުޅޭގޮތުން ހައިކޯޓުން ބުނެފައިވަނީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރާ ސަބަބުތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ އަޑުއެހުމަށް ކަނޑައެޅި ވަގުތު ހަމަވުމުގެ ސަބަބުން އެ އަޑުއެހުންތައް ނިންމާލީ އެހެން ދުވަހަކަށް އިތުރު އަޑުއެހުމެއް ތާވަލު ކުރުމަށްފަހުގައި ކަމަށެވެ.

މައްސަލާގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ސަމީރެވެ. ދެން ބެންޗުގައި ތިއްބަވަނީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ދައުލަތުން އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ޒިޔާދާގެ މަރުގެ މައްސަލަ ތިން އަހަރެއްހާ ދުވަސް ވަންދެން ހިންގި ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޝާހުގެ މައްޗަށް އެއްވެސްކަމެއް ސާބިތެއް ނުވާކަމަށެވެ.

މީގެ ތިން އަހަރު ކުރިން، ޝާހު ޒިޔާދާއަށް އެކި ފަހަރު މަތީން ކުރި އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެއް މައްސަލައަށެވެ. ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވުމާ އެކު، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު އަޑުތައް އޭރު އަނެއްކާ ވެސް ގަދަވެގެންދިޔައެވެ. ފިރި މީހާގެ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އޭޕްރިލް މަހުއެވެ.

ޕީޖީގެ ވަކީލް ވިދާޅުވީ ޝާހުގެ މައްޗަށް ޒިޔާދާގެ މަރާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހެއްކިތަކަކީ ވެސް ރޭޕްގެ މައްސަލާގައި ހިމެނޭ ހެކިތައް ކަމަށެވެ. އަދި ތިން ދައުވާ ވެސް ކޮށްފައިވަނީ އެއް ހާދިސާއެއް، އެއް ވާގިޔާއެއްގެ މައްޗަށް ކަމަށެވެ.

ޝާހުގެ ފޯނު ބަލާ ފާސްކުރިއިރު އޭނާގެ ފޯނު އޭގައި 700 އަށް ވުރެ ގިނަ އޮރިޔާން ފޮޓޯ ފެނިފައިވާއިރު އެ ފޮޓޯތަކަކީ އައިފޯނުގެ ވެބް ބްރޯސާ “ސަފާރީ” އިން ފޯނަށް ޑައުންލޯޑު ކުރި ފޮޓޯތަކެއްކަން ސާބިތުވާކަމަށް ޕީޖީގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ. ވަކީލު ވިދާޅުވީ އެއީ ވައިބާ ނުވަތަ ވަޓްސްއެޕްއިން އޮޓޯ ސޭވްފައިވާ ފޮޓޯތަކެއް ނޫންކަން ވެސް އެނގެން އެބައޮތް ކަމަށެވެ. އޭގެ އިތުރުން ފޯނުގެ އިންޓަނެޓް ހިސްޓްރީ ބެލުމުން އޮރިޔާން މަންޒަރުތައް ހުންނަ ސައިޓްތަކަށް ވަދެފައިވާކަން އެނގެން އޮބައޮތްކަން ވެސް ވަކީލު ފާހަގކުރެއްވިއެވެ. ޕީޖީގެ ވަކީލު ވިދާޅުވީ އެ ފޮޓޯތަކަކީ ޝާހުއަށް ނޭނގި ފޯނުގައި ހުރި ފޮޓޯތަކެއް ވެސް ނޫން ކަމަށެވެ. އަދި ވައިރަސްއެއް އަރައިގެން ފޯނަށް އެފަދަ ފޮޓޯތަކެއް ސޭވް ވެދާނެ ކަމަށް ފުލުހުންގެ އޮފިސަރު ހެކި ބަސް ދެމުން ބުނެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ބުނުމަކީ ދޮގެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިޔަށް ގެންދެވޭނެެއެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ. އެކަމަކު ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: