ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދު ތަން ނުދޭކަމަށް ބުނެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން ފަސްކޮށްފި

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު، އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރުމުގެ މައްސަލައިގެ ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު ބުދަ ދުވަހުގެ ޖްލްސާއަށް ވޯޓަށް އެހުން ފަސްކޮށްފިއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހަށެވެ. އެދުވަހު ވޯޓަށް އަހާފައި ނުވަނީ މަޖިލީހުގެ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި “ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި” ނެތުމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެ މައްސަލަ އަނބުރާ ކޮމީޓީއަށް އަލުން ފޮނުވަން އިއުލާނު ކުރެއްވިއެވެ. ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުުރުމުގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިރު، ކޮމިޓީން އެ މައްސަލައިގައި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ކޮމިޓީ ރިޕޯޓުގައި އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތްތައް ރަނގަޅަށް ކުރި ވާހަކަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެޓީގެއަށް މައްސަލަ އަނބުރާ ފޮނުވާލުމުން އެމްޑީޕީގެ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސްޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަނީ ކޮން ފަނޑިޔާރުންތޯ އެއީ ޖުޑިޝަރީ ކޮމެޓީން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށާއި އަދި އެއީ ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓެއް ނޫން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އަލީ އާޒިމްގެ އެ ވާހަތަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެިންއާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ތާއިދު ކުރެއްވިއެވެ. 

އެގޮތުން ހސަން ލަތީފް ވިދާޅުވީ ޖުޑިޝަރީ ކޮމެޓީން ހަމައެކަނި ކުރަން ޖެހޭ މަސައްކަތަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުން ކަމަށާއި ކޮމެޓީއަށް ފެންނަ ނަމެއް ކަނޑައެޅުމަކީ ކޮމެޓީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. 

ހަސަން ލަތީފްއާއި އަލީ އާޒިމްގެ އިތުރުން ހިސާން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އަލުން ކޮމެޓީއަށް ފޮނުވަން ދެކޮޅު ހެއްދެވުމުން މަޖިލީޙުގެ ރައީސް ރައީސް ނަޝީދު ވަނީ މައްސަލަ އަލުން އެޖެންޑާ ކޮށްގެން ކުރިއަސް ގެންދަވަން ނިންމަވާފައެވެ. 

ރިޔާސަތުން އަނބުރާ ފޮނުވާލުމަށް ފަހު އަލުން ވޯޓެއް އެހޭނީ ތިން ދުވަސް ފަހުން ކަމަށް ވުމުން ހޯމަ ދުވަހުގެ ޖަލްސާއަށް އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ އެޖެންޑާ ކުރި އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ވެސް އެ ވޯޓް ނެގިފައެއް ނުވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދު ތަން ނުދޭތީއެވެ. އަދި މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން “ބުރު އޮޅުވާލައިގެން” ކަންކަން ކުރިޔަށް ގެންދިއުމަށް ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މައްސަލަ އެޖެންޑާކުރެވޭނީ ގަވައިދުގައިވާ ގޮތުން ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެކަމަކު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ލަފާދިނީ މަހާޒު ނުވަތަ ދިޔާނާގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމަށެވެ. ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ “ހައިލީ ރިކޮމެންޑެޑް” ދެ ނަންފުޅު ކަމަށެވެ.

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ. އަބްދުﷲ ދީދީއާ ދެކޮޅަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ނިންމި އެވެ. އަދި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: