ކުއްލި ޚަބަރު

ކޮކާ ކޯލާގެ ޝެއާ އަ ކޯކް ކެމްޕެއިން: ކޯކު ފުޅިތަކަށް ދިވެހި ޓެގް ލައިން!

ކޮކާކޯލާއިން އާ ކެމްޕެއިން އެއް ފެށުން -- ސަން ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ކޮކާކޯލާގެ ޝެއާ އަ ކޯކު ކެމްޕެއިނު އިތުރަށް ފުޅާކޮށް ލޯބި، ދިވެހި ޓެގްލައިންތަކަކާއެކު ކޯކު ފުޅި ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ސޯލްޓު ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޝެއާ އަ ކޯކުގެ އާ ކެމްޕެއިން ލޯންޗު ކުރި އިރު ތަފާތު އަށް ޓެގްލައިނެއްގައި ކޯކު ފުޅި ވަނީ ބާޒާރަށް ނެރެފަ އެވެ.

އެންމެ ކެރޭ، އެންމެ ހިތްވަރުގަދަ، އެންމެ ލޯބިވާ، އެންމެ ސަކަ، އެންމެ ސަޅިމީހާގެ އިތުރުން ރީތި ހުސްކުރި، ހަބޭސް އަދި ރީތި ހުސްކުރި ފަދަ ޓެގްލައިންތަކާއެކު ނެރުނު ކޯކު ފުޅިތަކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ކޮކާކޯލާ އިން އުއްމީދު ކުރެއެވެ. ޝެއާ އަ ކޯކު ކެމްޕެއިނުގެ ދަށުން ބައެއް ގައުމުތަކުގައި ލަވައިގެ ނަމާއި ފިލްމުތަކުގެ ނަމާއެކުވެސް ކޯކު ފުޅި ބާޒާރަށް ނެރެފައިވެއެވެ.

ޝެއާ އަ ކޯކް ކެމްޕެއިން ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހަ ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ޝެއާ އަ ކޯކް ކެމްޕެއިން އަށް ރާއްޖެއިން ބޮޑު ސަޕޯޓެއް ލިބުނު ކަމަށެވެ.

މިފަހަރު ލޯންޗު ކުރި ކެމްޕެއިނަކީ ގާތް މީހަކަށް، އޭނާގެ ޕާސަނަލިޓީ އާއި ގުޅުވައިގެން ކޯކު ފުޅިއެއް ހަދިޔާ ކުރެވޭނެ ކެމްޕެއިނެކެވެ.

ކޮކާ ކޯލާގެ "ޝެއާ އަ ކޯކު" ކެމްޕެއިން އަކީ އެކުންފުނީގެ އެންމެ ކާމިޔާބު އެއް ކެމްޕެއިނެވެ. މިއީ އެކި މީހުންގެ ދެމެދުގައި އޮންނަ ގުޅުން ތަމްސީލުކޮށްދޭ ކެމްޕެއިނެއް ކަމަށާއި 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެށި މި ކެމްޕެއިން ދުނިޔޭގެ ގިނަ ގައުމުތަކަށް ފުޅާކޮށްފައިވާކަމަށް އެކުންފުނިން ބުނެ އެވެ.

މި ކެމްޕެއިނާ އެކު ކެމްޕެއިނަށް ހާޢްސަ އިޝްތިހާރެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

މީގެ ކުރިން ކޮކާކޯލާއިން ރާއްޖޭގައި ބޭނުން ކުރަމުން އައިސްފައިވަނީ އިނިގިރޭސި ލަވަތަކެވެ. އެހެން ނަމަވެސް، ދެ ވަނަ ފަހަރަށް ކުންފުނީގެ ފަރާތުން ކޯކުގެ ދިވެހި ލަވައެއް ތައާރަފް ކުރިއެވެ.

ލަވައާއި ގުޅޭގޮތުން ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހަ ވިދާޅުވީ އާ ލަވައެއްގެ ބޭނުމަކީ އިޝްތިހާރުތަކުގައި ދިވެހި ރަހަ ހިމެނުން ކަމަށެވެ. އޭނާ ވަނީ ޕްރޮމޯ ލަވަ ވަރަށް ރީތިކަން ފާހަގަ ކުރައްވާފައެވެ. ސިންހަ ވިދާޅުވީ އެ ލަވަ ތައްޔާރުކޮށްފައިވާ ފަރާތްތައް ވަރަށް ހުނަރުވެރި ކަމަށެވެ.

ޝައްމު އެ ލަވަ ކިޔާފައިވާއިރު ލަވައިގެ މިކްސިން އާއި ރެކޯޑިން ހަދާފައިވަނީ ބާޗީ ސައުންޑްސް ޑޮޓް ސްޓޫޑިއޯއިންނެވެ. އެ ލަވަ ތައްޔާރުކުރުމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: