ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ބިރު ދެއްކިޔަސް ދީނާ ހިލާފު ކަންކަމަށް އަޑުއުފުލޭނެ: އިލްޔާސް

ޝޭޙް އިލްޔާސް ހުސެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބިރު ދެއްކިޔަސް ދީނާ ހިލާފު ކަންކަމަށް އަޑުއުފުލޭނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝައިހް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ މަތީ މަގާމެއްގެ ބޭފުޅަކު ވިދާޅުވިޔަސް އަދި ވަޒީފާގެ ބިރު ދެއްކި ނަމަވެސް ދީނާ ހިލާފު ކަމަކަށް އެއީ ދީނާ ހިލާފު ކަމެކޭ ބުނުން ހުއްޓާ ނުލެވޭނެ ކަމަށެވެ.އަދި ވިދާޅުވީ ދީނާއިހިލާފް ކަންކަން ހުއްޓުވައި ދިނުމަށް ބުނެވޭނެ ކަމަށެވެ. 

https://twitter.com/shkilyas/status/1188471077963325440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1188471077963325440&ref_url=https%3A%2F%2Fwww.addulive.com%2F166358

އިލްޔާސް މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން 2015 ވަނަ އަހަރު އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މައްސަލާގައި އެ ޖަމިއްޔާ އުވާލަން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އިލްމުވެރިން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.އަދި ސިވިލްސާވިސްވިގެ މުވައްޒަފުން ހަމަނުޖެހުމަށް މަގުފަހުވާފަދަ އެއްވުންތަކުގައި ބައިބެރިވުން ހުއްޓުވައިދިނުމަށް ރައްޔިތުންގެމަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ސީއެސްސީގައި އެދިވަޑައިގެންފައެވެ. 

އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައިވާއިރު އިތުރު ފިޔަވަޅެއް އެ ޖަމިއްޔާއާ މެދު އަޅާނީ ފުލުހުން މިހާރު ކުރަމުންދާ ތަހުގީގަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓު ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: