ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިބަޅިދޫ މައްސަލައިގައި ފަނޑިޔާރުން ރިޝްވަތު ހިފަން އެދުނުުކަަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ހައިކޯޓުން ފުލުހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިބަޅިދޫ މައްސަލައިގައި ފަނޑިޔާރުން ރިޝްވަތު ހިފަން އެދުނުުކަަމަށް ބުނާ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓުުގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝައިއުކޮށްފައިވާ ހަބަރުގެ ސުރުހީގެ ދަށުން، ހިބަޅިދޫ މައްސަލަ ބިޒްނަސް މޯލްޑިވްސްއާއި އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުކޮށްފައިވާތީވެ އެކަން ބައްލަވައިދެއްވުމަށް ހައިކޯޓުގެ ފަރާތުން ފުލުހުންންަށް ހުށަހެޅި އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

މި މައްސަލަ ބައްލަވައި ދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުށަހެޅުއްވީ، މިއީ ވަރަށް ސީރިއަށް މައްސައަލައަކަށް ވާތީކަމަށް އެ ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ހާމަކުރައްވާފައެވެ. ފަނޑިޔާރުންގެ ފަރާތުން، ކަމަށްބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތުހޯދުމަށް އެދި ގޮސްފައިވަނީ ކޮން ބައެއްތޯއާއި، ނޭންގޭ ބަަޔަކު ކަމަށްބުނެ ގުޅި ފަރާތްތަކަުގެ ފޯނު ނަންބަރުތަކަކީ، ކޮބައިތޯއާއި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ޚަރަދުގައި ދަތުރުުރެއްވި ފަނޑިޔާރުންނަކީ ކޮބާތޯ ބައްލަވައިދެއްވާ، އެކަމުގެ ފުރިހަމަ ތަހުގީގެއްކޮށްދިނުމަށް ހައިކޯޓުން ވަނީ އެދިފައެވެ.

މި މައްސލައިގަ ތަހުގީގަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ތިއްބެވީ ތައްޔާރަށްކަމަށާއި، މި މައްސަލަތައެް ބަލަން ޖެހެނީ މިއީ ސީދާ މުޅި ޝަރުއީ ދާއިރާގެ އިތުބާރާއި ގުޅިފައިވާ މައްސަލައަކަަށް ވާތީކަމަށް ހައިކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދާއިރާގެ އިތުބާރު ހިފެހެއްޓުމަށް މި މައްސަތައް ބަަަލަން ޖެހެކަމަށްވެސް ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: