ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ކުރާ މައްސަލައިގައި މުވައްޒަފުން ތުހުމަތު ކުރާ ޓްރާންސްޕޯޓުގެ އިސް މީހަކުވެސް ކޮމިޓީއަށް ހާޒިރު ކުރަނީ!

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 10ވަނަ ބައްދަލުވުން -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް، ދިން މައްސަލައިގައި މުވައްޒަފުން ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ އެ އޮތޯރިޓީގެ ޕާމަނަންޓް ސެކޭޓްރީ އަބްދުﷲ ފަޔާޒް ހާޒިރު ކުރުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ފާސްކޮށްފިއެވެ. ފަޔާޒު ހާޟިރުކުރުމަށްނ ހުށަހެޅީ ރައްޔިތުންގެ މަޖިލީޯހުގެ ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ.

ކުށުގެ ތިން ވަނަ ދަރަޖައަށް ފައްތާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް، ދިން މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މަޝްވަރާކޮށްފައެވެ.

ނާޒިމް ވިދާޅުވީ ސީއެސްސީން މަސައްކަތް ކުރަންޖެހޭނީ މުވައްޒަފުންގެ ހައްގުގައި ކަމަށެވެ. އެހެން ނަމަވެސް މިފަދަ މައްސަލައެއްގައި ދެ ފަރާތުގެ ވެސް ވާހަކަ އަޑުއަހަންޖެހޭކަން ނާޒިމްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. ނާޒިމްވަނީ ސީއެސްސީގެ މެމްބަރުންވެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާފައެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީ އެކަނިއެވެ.

ސީއެސްސީގެ މެމްބަރުން ހާޒިރު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުސެއިން މުހައްމަދު ވިދާޅުވީ މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މުވައްޒަފުންނަށް ތިން ވަނަ ދަރަޖައިގެ ނޯޓިސްއެއް ދިނުން ކަމަށެވެ. ވަކިކުރި އެއްވެސް މުވައްޒަފަކަށް، ތިން ވަނަ ދަރަޖައިގެ ދަށުން ދޭންޖެހޭ އިންޒާރެއް ދީފައި ނުވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ކުށުގެ ތިން ވަނަ ދަރަޖައަކީ އަހަރުގެ 60 ދުވަހު ގަޑިޖެހިފައި ހުރުމެވެ. ނުވަތަ މުޅި އަހަރުގެ ތެރޭގައި މުޅިއަކު 300 މިނެޓު ގަޑިޖެހިފައި ހުރުމެވެ.

ހުސެއިން މުހުމައްދު ވިދާޅުވީ މުވައްޒަފުންގެ ސިޓީގައި، އެ މުވައްޒަފުން ވަކި ކުރަން ނިންމާފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ ތަކުރާރުކޮށް ވަކި ބޭފުޅެއްގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ އަމަލެއްގެ ގޮތުގައިވެސް ތުހުމަތުކޮށްފައިވާ ކަމަށެވެ.

“ސަންގު” އާއި ވާހަކަ ދެއްކި ޓްރާންސްޕޯޓުގެ މުވައްޒަފުންތަކެއް ބުނެފައިވަނީ އަދިވެސް އިތުރު މުވައްޒަފުންތަކެއް ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަނޑާލަން ބޭނުންވާ މުވައްޒަފެއްނަމަ ކުށުގެ ދަރަޖައަށް ފެއްތެން އޮތް ގޮތަަކަށް ފައްތަން މިނިސްޓްރީގެ އިސްމީހުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ މައުލޫމާތު ދިނެވެ. ސަންގުއާއި ވާހަކަ ދެއްކި މުވައްޒަފު ބުނީ، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލު ކުރުމަށް އެދޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް “ނަހުލާ މާ ބޮޑަށް އަޅައެއް ނުލާ” ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: