ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ފިލި ޓަގްބޯޓުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރު ތިން މަހަށް ޖަލަށް!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ފިއްލެވި ކަމަށް ބުނާ ޓަގް ބޯޓް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވަން އަރާވަޑައިގެންނެވި ޓަގްބޯޓުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރު ތިން މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިންޑޮނީޝިއާގެ ދެ މީހުން ކަމަށްވާ ވިވިން ގުނަވަން އާއި އިކްރާ ބަސްރީގެ މައްޗަށް ދައުލަތުން އުފުލި، ގާނޫނު ހިންގަން ހުރަސް އެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ދެ މީހުންގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައީ ޝަރީއަތުގެ މަޖިލިހުގައި ކުށަށް އިއުތިރާފްވުމުންނެވެ.

މި މީހުންގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އައީ ކުށަށް އިއުތިރާފްވުމުން، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ މިންވަރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށް ކުރަން ޖެހޭތީ އާއި އަދަބުގެ މިންވަރުގެ މަތިކުރަން ޖެހޭ ހާލަތެއް އެ މައްސަލާގައި ނެތުމުންނެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތްކުރި މައްސަލާގައި އަދީބު ވެސް ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވީ ކުށަށް އިއުތިރާފް ވެފައިވާތީއެވެ.

އަދީބު ފިލަން މަސައްކަތް ކުރީ ރާއްޖޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ “ވާގޯ 9” ނަމަކަށްކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އޮޅުވާލައިގެންނެވެ. ނަމަވެސް އިންޑިއާ އަށް އެތެރެވުމުގެ ކުރިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޓަގު ހިފަހައްޓާ، ރާއްޖެ އާ ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: