ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުން ވަކި ކުރާ މައްސަލައިގައި ނަހުލާ ކޮމިޓީއަށް ހާޒިރު ކުރަނީ!

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނަށް ނޯޓިސް ދިން މައްސަލަ މަޖިލިސް ކޮމިޓީން ބަލަނީ -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު އޮތޯރިޓީގެ ބައެއް މުވައްޒަފުން ކުށުގެ ތިން ވަނަ ދަރަޖައަށް ފައްތާ ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް، ދިން މައްސަލަ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނަށް، ވަޒީފާއިން ވަކި ކުރުމަށް އެ މުވައްޒިފުންނަށް ނޯޓިސް ދީފައިވާ މައްސަލައިގައި، އެ މުވައްޒިފުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުން މިއަދު ކުރިއަށް ގެންދާނެ ކަމަށެެވެ. އަދި އެ މައްސަލަ މިއަދު 2:30ގައި ބާއްވަން ހަމަޖައްސާފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުމަށް އެޖެންޑާ ކޮށްފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރައިން ބުނެފައިވެއެވެ.

ވަޒީފާއިން  ވަކިކުރާނެ ކަމަށް ދީފައިވާ ނޯޓިސްގައި ބުނެފައިވަނީ، މި މަހުގެ 30 އިން ފެށިގެން އެ މުވައްޒަފުން ވަޒީފާއިން ވަކި ވާނެ ކަމަށެެވެ. “ސަންގު” އާއި ވާހަކަ ދެއްކި ޓްރާންސްޕޯޓުގެ މުވައްޒަފުންތަކެއް ބުނެފައިވަނީ އަދިވެސް އިތުރު މުވައްޒަފުންތަކެއް ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަނޑާލަން ބޭނުންވާ މުވައްޒަފެއްނަމަ ކުށުގެ ދަރަޖައަށް ފެއްތެން އޮތް ގޮތަަކަށް ފައްތަން މިނިސްޓްރީގެ އިސްމީހުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ސަންގުއާއި ވާހަކަ ދެއްކި މުވައްޒަފު ބުނީ، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލު ކުރުމަށް އެދޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް “ނަހުލާ މާ ބޮޑު އަޅައެއް ނުލާ” ކަމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި ރައީސް އޮފީހުން ވަނީ މިނިސްޓްރީގެ ބައެއް މުވައްޒަަފުންނާއި ބައްދަލުވެސްކޮށްފައެވެ. ނަމަވެސް އޭގެއިންވެސް މާބޮޑު ކުރިއެރުމެއް ލިބުނުހެން ހީއެއް ނުވާކަމަށް އޭނާ ބުންޏެވެ. ރައީސް އޮފީހަށް ވެސް 48 މުވައްޒަފުން ސިޓީ ފޮނުވިތާ މަހެއް ވެފައިވާއިރު، ހޯމަ ދުވަހު އަނެއްކާވެސް މުވައްޒަފުން ވަނީ ސިވިލް ސާވިސްއަށް ޕެޓިޝަންއެއް ހުށަހަޅާފައެވެ. މުވައްޒަފުގެ ވާހަކައިގައި ވަނީ ތަނުގެ ބައެއް އިސްވެރިން މިކަމުގެ ތެރޭގައި ހިމެނޭކަމުގެ ތުހުމަތުކޮށްފައެވެ.

ބައެއް މުވައްޒަފުން ސަންގުއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ނަހުލާ، ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާ، އޮތޯރިޓީގެ މަސައްކަތްތަކަށް ދަތިވި ނަމަވެސް އަދި މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް މުވައްޒިފުންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން އޭގެ ތެރޭގައި އެޗްއާރުއެމްޑީ ކޮމިޓީގެ އަހުމަދު ޝަމީމް އާއި، އަލީ ޒުބެއިރު ހުސެއިން، އަދި ޕީއެސް އަބްދުﷲ ފަޔާޒް ހިމެނެއެވެ. ޓްރާންސްޕޯޓުގެ މުވައްޒަފުން ވަނީ ފާއިތުވެ ދިޔަ ހަތަރު ފަސް އަހަރު މުވައްޒަފުންގެ އެޕްރައިސަލް ފުރިހަމަކޮށްފައި ނުވުމާއި އެކު މުވައްޒަފުންނަށް ހާއްސަކޮށް އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނުވާކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: