ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ތެލެސީމިއާ ކުދިންނަށް އެހީވުމަށް ހާއްސަ ޖަމިއްޔާއެއް

އައްޑޫގެ ތެލެސީމިއާ ސޮސައިޓީ އިފްތިތާހުކުމަށް މަރަދޫ ބޮނޑޮގޭގައު ބޭއްވި ޖަލްސާ - (ފޮޓޯ:ސޯޝަލް މީޑިއާ)
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނާއި މީހުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާޙް ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މަރަދޫ ބޮނޑޮގޭގައު ބޭއްވި ޖަލްސާގައި އައްޑޫގެ ތެލެސީމިއާ ސޮސައިޓީ ވަނީ އިފްތިތާހު ކޮށްފައެވެ. އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސްޗެއާރޕާސަން ޖީހާން ސަލީމެއެވެ. އެ ރަސްމީއްޔާތުގައި އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާހް ކޮށް ބޯޑު މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

މީގެ އިތުރުން، އެ ޖަލްސާގައި ފޭދޫގައި ހިންގާ އައްޑޫ މޭޑިސިޓީ އާއި މިޖަމީއްޔާ ދެމެދު ވަނީ އެހީތެރިކަމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއެއްބަސް ވުމުގެ ދަށުން މިޖަމީއްޔާގައި ރެޖިސްޓަރ ކޮށްފައިވާ ކުދިންނަށް އައްޑޫ މެޑިސިޓީން ދެވޭ ބައެއް ޚިދުމަތްތަކުގައި ޚާއްޞަ އިނާޔަތްތަކެއް ދެވޭނެ ކަމަށް އެޖަމީއްޔާއިން ބުނެއެވެ. އޭގެ ދަށުން ތެލެސީމިއާ ކުދިންގެ ޓެސްޓްތައް ރާއްޖެ އާއި ރާއްޖޭން ބޭރުން ހެދޭނެ އިންތިޒާމާއި ތެލަސީމިއާ ބައްޔަށް ހާއްސަ ޔުނިޓެއް ކްލިނިކްގައި ގާއިމުކުރުމާއި އެ ބަލީގެ ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.

އެ ޖަލްސާގައި އައްޑޫ ތެލެސީމިއާ ސޮސައިޓީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ތެލެސީމިއާ ބަލީގެ މީހުން އައްޑޫގައި ތިބި އަދަދާއި އެ މީހުންގެ އެހެނިހެން ރެކޯޑްތައް ސާފުވެފައިނުވާތީ ވަރަށް ބޮޑު އިސްކަމެއް ދީގެން ތެލަސީމިއާ ކުދިންގެ ދަފުތަރެއް އެކުލަވާލަން ޖެހޭކަމަށެވެ. އަދި، އެންމެ ބޮޑު އެއް މައްސަލައެއްގެގޮތުގައި އައްޑޫގެ އަވަށްތަކުގެ ހެލްތު ސެންޓަރުގައި ތެލަސީމިއާ ބަލީގެ މައުލޫމުތާއި ތަމްރީނު ލިބިފައިވާ މީހުން ނެތުން ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ޖުމްލަކޮށް ސިއްހީ ދާއިރާގެ ހުރިހާ ކަމެއްގައިވެސް އެ ޖަމިއްޔާގެ ބައިވެރިވުން ފެނިގެން ދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: