ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން އުވާލުމަށް ގޮވާލާ ކައުންސިލްތައް އިތުރުވަނީ!

އެމްޑީއެން އާދެކޮޅަށް ރަށްތަކުގެ އަޑު ގަދަ : ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލި ކައުންސިލްތަކުގެ އަދަދު 110 އަކަށް އަރައިފިއެވެ.

އޭގެ ތެރޭގައި ރަށު ކައުންސިލްތަކާއި ބައެއް އަތޮޅު ކައުންސިލްތައް ވެސް ހިމެނެ އެވެ. ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައިވަނީ އެމްޑީއެންގެ ރިޕޯޓް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާއަށް ހަރުކަށި ފިޔަވަޅު އެޅުމަށާ ޖަމިއްޔާ އުވާލުމަށް ވެސް ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ. އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުސަތު ނެތްކަން އަމަލާ ބަހުން ދެެއްކުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. ކައުންސިލްތަކުގެ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ވެސް ހިލާފު ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ބަޔަކަށް ދައުވާ އުފުލަންޖެހޭނަމަ އެކަން ވެސް ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން އެމްޑީއެންއިން ނެރުނު ފަދަ ރިޕޯޓެއް އިތުރު ބައެއްގެ ފަރާތުން ފަރާތުން ނާންނާނެ ކަމުގެ ޔަގީންކަން ކުރުމާއި ފަދަ އަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކުން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ޖަމިއްޔާއާ ދެކޮޅަށް އަތޮޅު ތެރޭގެ ރަށްތަކުގައި ހިނގާލުންތައް ބާއްވަން ފަށާފައިވާއިރު އެ ރަށްތަކުގެ ރައްޔިތުން ގޮވާލާފައިވަނީ އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މީހުންނަށް ހައްގު އަދަބު ދިނުމަށެވެ. އަދި މިފަދަ ރިޕޯޓުތަކުގެ ސަބަބުން މިއަދުގެ ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރު އާއްމުން ފާހަގަކޮށްފައިވެއެވެ. ހިޔާލު ފާޅު ކުރުމުގެ ނަމުގައި ބޭނުންހާ އެއްެޗެއް ނުލިޔެވޭނެކަން ފާހަގަކޮށް ބައެއް ރަށްތަކުގެ އާއްމުން ވަނީ، އެމްޑީއެންއާއި މެދު ވީހާވެސް އަވަހަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. ހިނގާލުމުގެ ބައިވެރިން ވަނީ، އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދައްކާ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ނުކުރުމަށް ވެސް ގޮވާލާފައެވެ. އަދި އެއާއި އެކު ދީނާއި ދެކޮޅު ނުވަތަ އެމްޑީއެންގެ ވާހަކަތަކަށް ތާއީދު ކުރާ ބަޔަކު ސަރުކާރުގެ ތެރޭގައި ތިބި ނަމަ އެ މީހުންވެސް ބޭރު ކުރުމަށް ވަނީ ގޮވާލާފައެވެ.

ޕްރިލިމިނަރީ އެސެސްމެންޓް އޮގް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި ނެރެފައިވާ އެ ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކަކާއި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްބަސްފުޅުތަކަށް ފާޑުކިޔާ، އާއްމުންގެ މެދުގައި ދީނީގޮތުން ހިޔާލު އުފެދޭ ބާވަތްތަކުގެ ވާހަަކަތައް ވަނީ ހިމަނާފައެވެ.

ގާތްގަނޑަކަށް 125 ސަފުހާގެ އެމްޑީއެންގެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝަހިންދާ ވަނީ އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. ޝަހިންދާ ބުނެފައިވާގޮތުން، ރައީސް ސޯލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި އެވެ. ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ. އެމްޑީއެން ސަސްޕެންޑު ކުރުމުގެ މައްސަލައިގައި އާންމުން ބުނަމުންދަނީ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުން އެކަން ނުނިމޭ ކަމަށާއި އެ ޖަމްއިއްޔާ އަކީ ވަގުތުން އުވާލަންޖެހޭ ޖަމްއިއްޔާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: