ކުއްލި ޚަބަރު

އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނީ ފަހު ކުއާޓަރުގައި!

އަހަރުގެ ފަހު ކުއާޓާރ ގައި ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިއެރުން ލިބޭނެ - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މި އަހަރުގެ ފަހު ކްއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުން ލިބޭނެ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭއިން ދައްކައިފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ މި ވަގުތު އޮތް ހާލާއި ގުޅޭގޮތުން އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވަނީ ދެ ވަނަ ކުއާޓަރާއި އަޅާބަލާ، ފަހު ކުއާޓަރުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. ދާއިރާއަތް އަބަދުވެސް އޮންނަ އެއް ގޮންޖެހުމަތީ އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ އަގުބޮޑުވުން ކަމަށާއި، ދާއިރާއަށް ނެރެވޭ މުވައްޒަފުންގެ އަދަދުވެސް މަދުކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ރިޕޯޓު އެކުލަވާލުމުގައި ކުންފުނިތަކާއި މަޝްވަރާ ކުރެވި ވާހަކަ ވެސް ދެކެވިފައިވާކަން ފާހަގަކޮށް މި އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައި އެމްއެމްއޭއިން ބުނެފައިވަނީ ގިނަ ސައިޓުތަކުން ދިން މައުލޫމާތުތަކުން ފާހަގަވީ ދާއިރާ ފުޅާވެ ކުރިއަރާފައި ވީ ނަމަވެސް ވަސީލަތްތަކުގެ ގޮތުން އަދިވެސް ކޮންމެވެސް ވަރެއްގެ ދަތިތަކެއް އުޅޭކަން ކަމަށެވެ. އަދި މައުލޫމާތުތައް ދިން ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ލިބޭ އުޖޫރަ ފާހަގަކޮށްފައިވާކަން ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްއެމްއޭގެ ކުއާޓާލީ ރިޕޯޓުގައި ބުނެފައިވަނީ އިމާރާތް ކުރުމުގެ ދާއިރާއިން ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ލޯނު އަދި މުދަލާއި ހިދުމަތަތްތައް ކްރެޑިޓަށް ހޯދުން ދަތިވާ ކަމަށެވެ. އަދި މުވައްޒަފުންނާއި ތަކެތި ގަތުމަށް ކުރާ ހަރަދު އަދި ތަކެތި އުފެއްދުމުގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމާއި ގުޅޭގޮތުން އެމްއެމްއޭ ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ސިނާއަތުގައި ހިމެނޭ ގިނަ ވިޔަފާރިތަކުން މި ކުއާޓަރުގައި އެފަރާތްތަކުގެ ވިޔަފާރީގެ ހަރަދުތައް އެއް ހަމައެއްގައި ހިފަހައްޓާލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރަމުން އަންނައިރު އެމްއެމްއޭއިން ބުނެފައިވަނީ ދާއިރާ ވެގެންދާނީ އާމްދަނީއެއް ހޯދުމަށް ހުޅުވިގެންދާ ދޮރެއްގެ ގޮތުގައި ކަމަށެވެ. އެމްއޭއިން ކޮށްފައިވާ ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ސާވޭއިން ފާހަގަވެގެންދިޔައީ 90 އިންސައްތައިގެ ވިޔަފާރިތަކަށް މާލީގޮތުން ބަދަލުތަކެއް އައިސްފައި ނުވާ ކަން ކަމަށެވެ. އެމްއެމްއޭއިިން ވަނީ މި އަހަރު އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާވެ، އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައި އިންވެސްޓްމަންޓްތައް އިތުރު ވެގެންދާނެ ކަމަށް ރިޕޯޓުގައި ބުނެފައެވެ.

ހަތަރު ވަނަ ކުއާޓާއަށް ކުރެވޭ އުންމީދުތައް ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ މަޝްރޫއުތަކާއި މަސައްކަތްތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާ ނުވަތަ މެނުފެކްޗަރިން ސެކްޓާ ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ދަށަށް ގޮސްފަ އެވެ. ނަމަވެސް އަންނަ ކުއާޓަރުގައި އެ ސިނާއަތް ކުރިއަރާނެ ކަމަށް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ރިޕޯޓުގައި ބުނެފައިވާގޮތުން މި ސިނާއަތަށް އޮތް އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ޑިމާންޑު ނެތުމާއި މަސައްކަތުގެ އަގު ލިބުުން ލަސްވުމެވެ.

2018 ވަނަ އަހަރަށްފަހު، މި އަހަރަށް ލަފާކޮށް އެމްއެމްއޭއިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާ ކުރެވެނީ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން މި އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 6.8 އިންސައްތަ އެވެ. ސަރުކާރުގެ ޖުމުލަ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކަށް ބަލާ އިރު، 2019 ވަނަ އަހަރަށް ބަޖެޓް ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސަރުކާރުގެ އާ ސިޔާސަތުތަކާ އެކު ހަރަދުތައް އިތުރުވާތީ، ޑެފިސިޓް ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: